ބޭނުންވާނެ ތަކެތި
- 200 ގ ސެމީ ސްވީޓް ޑާކް ޗޮކުލެޓު
- ½ ޖޯޑު ބަޓަރު
- ½ ޖޯޑު ހަކުރު
- ½ ޖޯޑު ބްރައުން ޝުގާ
- 3 ބިސް
- ¼ ސައިސަމްސާ ލޮނު
- 1 ސައިސަމްސާ ވެނީލާ އެސެންސް
- 1 ޖޯޑު އޯލް ޕާޕަސް ޕައުޑާ
- ¼ ޖޯޑު ކޮކޯ ޕައުޑާ
ތައްޔާރު ކުރާނެ ގޮތް
ބްރައުނީ ތައްޔާރު ކުރުމަށް ފުރަތަމަ ޗޮކްލެޓުކޮޅު ކޮށާލާށެވެ. އެއަށްފަހު ތެއްޔެއްގައި 3 ޖޯޑު ފެން އުދާށެވެ. ފެން ހޫނުވެ ކެކެން ފެށުމުން ޗޮކްލެޓް ކޮޅު ބިއްލޫރި ތަށްޓަކަށް އަޅާފައި ދިޔާ ވަންދެއް ދޭފަތެއް ނުވަތަ ސަމްސަލެއް ބޭނުންކޮށްގެން ގިރާށެވެ. ޗޮކްލެޓް އެއްކޮށް ދިޔާ ވުމުން އުނދުން މަތިން ބާލައި ބަޓަރު ކޮޅު އެއްކޮށްލާށެވެ. އެއަށްފަހު ވަކިން ތަށްޓަކަށް ހަކުރާ ބްރައުން ޝުގާ އެޅުއްވުމަށްފަހު 3 ބިސް ފަހަރަކު ބިހަކުން ބިހަކުން އެއްކުރާށެވެ. ކޮންމެ ބިހެއް އެޅުމަށްފަހު މަދުވެގެން 2 މިނެޓު ގިރަން ވާނެއެވެ. 3 ބިސް އަޅާ ނިމުމުން ހަކުރު ވިރެންދެއް ރަނޅަށް ގިރާށެވެ. ދެނެ ލޮނު އަދި ވެނީލާ އެސެންސް ކޮޅު އެއްކޮށްލުމަށްފަހު ކުރިން ގިރާފައި ހުރި ޗޮކްލެޓުކޮޅު ތެރެއަށް މި މިކްސް ވެސް އަޅާލުމަށްފަހު ރަނގަޅަށް އެކުވަންދެއް ގިރާށެވެ. ދެން އޯލް ޕާޕަސް ޕައުޑާ އަޅާ ގިރާށެވެ. އެއަށްފަހު ކޮކޯ ޕައުޑަރުކޮޅު އަޅާ 3 މިނެޓު ވަންދެއް ރަނގަޅަށް ގިރާށެވެ.
ފިހާނެ ގޮތް
7 އިންޗި 7 އިންޗިހާ ވަރުގެ ޓްރޭ އެއްގައި ބަޓަރު ލާށެވެ. އެއަށްފަހު ޓްރޭ ތެރޭގައި ޕާޗްމެންޓް ޕޭޕާ އެޅުމަށްފަހު ތައްޔާރު ކުރި ޗޮކްލެޓް މިކްސް ޓްރޭއަށް އަޅާށެވެ. އެއަށްފަހު ޗޮކްލެޓް މިކްސް ރަނގަޅަށް އެއްވަރުކޮށްލުމަށް ޓްރޭ ކުޑަކޮށް ތަޅުވާލާށެވެ. ދެން އަވަން ހޫނުކޮށްލުމަށް ފަހު 180 ޑިގްރީ ސެލްސިއަސްއަށް 30 މިނެޓު ވަންދެއް ފިހާށެވެ. ރަނަގަޅަށް ފިހެ ނިމުމުން ފިނި ވަންދެއް ބަހައްޓާށެވެ. ބްރައުނީ ސާވް ކުރަން ވާނީ ވެނީލާ ނުވަތަ ޗޮކްލެޓް އައިސްކްރީމާ އެކުއެވެ.
ނޯޓް: ބްރައުނީ ކެފުމަށް ތަށްޓަކަށް ހޫނު ފެން އެޅުމަށް ފަހު ކަފަން ބޭނުން ކުރާ ވަޅި ފެންފޮދު ތެރެއަށް ލާފައި ނަގާ ފޮހެލުމަށްފަހު ބޭނުން ކުރަން ފަސޭހަވާނެއެވެ.