ބޭނުންވާ ތަކެތި

  • ތަރުކާރީ (ދިގުކޮށް ކޮށާފައި)
  • ނޫޑުލްސް (ހޫނު ފެނުގައި މަޑުކޮށްފައި)
  • ލޮނުމެދު (ހިމުންކޮށް ކޮށާފައި)
  • ފެން
  • އިނގުރު (ހިމުންކޮށް ކޮށާފައި)
  • ފްރައިޑް ބީފް
  • ސޯސް
  • ކޮރިއެންޑާ ފަތް
  • އޮލިވް އޮއިލް (ތެޔޮ)
  • ލޮނު
  • ޕެޕާ

ތައްޔާރު ކުރާނެ ގޮތް

އެންމެ ފުރަތަމަ ތަވާ އުނދުން މައްޗަށް އުދާލުމަށްފަހު ނޫޑުލްސް އަޅާ ކުޑަ ތެޔޮ ފޮދެއް އަޅާ އެއްކޮށްލާށެވެ.

ދެން، އެހެން އުނދުނަކަށް ތެއްޔެއް އުދުމަށްފަހު، ކުޑަ ތެޔޮ ފޮދެއް އަޅާޅާށެވެ. ތެޔޮ ފޮދު ހޫނުވުމުން، ލޮނުމެދު، އިނގުރު އަދި ތަރުކާރީ އަޅާ އެއްކޮށްލާށެވެ. އެއަށްފަހު، އޭގެ ތެރެއަށް ސޯސް ކޮޅު އަޅާ އެއްކޮށްލުމަށް ފަހު، ފްރައިޑް ބީފް ކޮޅު އަޅާލާށެވެ. ރަނގަޅަށް ކެކެން ފެށުމުން، ކުޑަ ލޮނު ކޮޅެއް އަޅާލާށެވެ.

އެއަށްފަހު، ތަރުކާރީކޮޅު ނަގާ، ނޫޑުލްސް މައްޗަށް އަޅާލާށެެވެ. އެއީ ޗޯމިން ބީފް ނޫޑުލްސް ތައްޔާރު ކުރާނެގޮތެވެ.