ބޭނުންވާ ތަކެތި

  • ވެޖެޓަބަލް އޮއިލް (ތެޔޮ)
  • ނޫޑުލްސް (ހޫނު ފެނުގައި މަޑުކޮށްފައި)
  • ޓޮމާޓޯ (ފޮތިކޮށް ކޮށާފައި)
  • ކިއުކަންބާ (ފޮތިކޮށް ކޮށާފައި)
  • ލީކްސް (ކުދިކޮށް ކޮށާފައި)
  • ކެރެޓް (ދިގުކޮށް ކޮށާފައި)
  • ފިޔާ (ދިގުކޮށް ކޮށާފައި)
  • ބާމި ގޯރެން ސޯސް
  • ޕެޕާ
  • ލޮނު
  • ބީފް ސޯސެޖް (ކުދިކޮށް ކޮށާފައި)
  • ބީފް (ކުދިކޮށް ކޮށާފައި)
  • ކުކުޅު ސަޓޭ
  • ބާބަކިއު ސޯސް
  • 2 ބިސް

ތައްޔާރު ކުރާނެ ގޮތް

އުނދުން ރޯކޮށްލުމަށް ފަހު ތަވާ އުނދުން މައްޗަށް އުދާ ކުޑަ ތެޔޮ (ވެޖެޓަބަލް އޮއިލް) ފޮދެއް ތަވާތެރެއަށް އަޅާށެވެ. އެއަށްފަހު މަޑު ގިނީގައި ފިޔާ ކޮޅު އަޅާ އެއްކޮއްލާށެވެ. އެއަށްފަހު ކެރެޓް ކޮޅު އަޅާ އެއްކޮށްލާށެވެ. ދެން އޭގެ ތެރެއަށް ބިހެއް އަޅާ އެއްކޮށްލުމަށްފަހު ސޮސެޖް ކޮޅު އަޅާ އެއްކޮށްލާށެވެ. ދެން ބާމި ގޯރެން ސޯސް އެޅުމަށްފަހު ނޫޑުލްސް އަޅާ އެއްކޮށްލާށެވެ. އެއަށްފަހު، ނޫޑުލްސް ގަނޑު ތެރެއަށް ލީކްސް، ޕެޕާ އަދި ލޮނު އަޅާލާށެވެ.

އެއަށްފަހު، އެހެން ތަވައަކަށް ކުޑަ ތެޔޮ ފޮދެއް އެޅުމަށްފަހު އޭގައި ކުކުޅު ސަޓޭ ކޮޅު ފިހެލާށެވެ. ރަނގަޅަށް ފިހުމުން ކުކުޅު ސަޓޭ ކޮޅު ނެގުމަށްފަހު، ބިހަކުން ބިސް ގަނޑެއް އަޅާލާށެވެ. ބިސްގަނޑު އަޅާއިރު، ކުޑަ ޕެޕާ ކޮޅަކާއި ލޮނުކޮޅެއް ބޭނުން ކުރާށެވެ.

ދެން، ނޫޑުލްސް ކޮޅު ތައްޓަކަށް އެޅުމަށްފަހު، ބާބަކިއު ސޯސް، ކިއުކަންބާ، ޓޮމާޓޯ، ކުކުޅު ސަޓޭ އަދި ބިސް ގަނޑު ތަށީގައި އަތުރާ ރީތި ކޮށްލާށެވެ. މިހިސާބުން ބާމި ގޯރެން ތައްޔާރުވީއެވެ.