ބޭނުންވާނެ ތަކެތި
- 2 ލޮނުމެދު (ގާނާފަ)
- 1 ތޮޅި މިރުސް (ކުދިކޮށް ކޮށާފައި)
- 2 މޭޒުމަތީ ސަމްސާ ސޮފްޓެން ބަޓާ
- 4 ފޮތި ޕާން
- ½ ޖޯޑު މޮޒެރެއްލާ ޗީޒް
- ½ ސައިސަމްސާ ހިކި މިރުސް (ރާޅުކޮށް މުގުރައިފައި)
ތައްޔާރު ކުރާނެ ގޮތް
ގާނައިފައި ހުރި ލޮނުމެދު ކޮޅު އަދި މިރުސްކޮޅު ބަޓަރުކޮޅު ތެރެއަށް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. ދެން ޕާންފޮތީގެ ދެފުށުގައި ކުޅިކުރި ބަޓަރުކޮޅު ހާކާށެވެ. އެއަށްފަހު ޓްރޭއެއްގައި ޕާންފޮތިތައް އެތުރުމަށް ފަހު މައްޗަށް ގާނާފައި ހުންނަ މޮޒޮރެއްލާ ޗީޒް އަޅާލާށެވެ
ދެން އަވަނުގައި 5 މިނެޓު ވަންދެއް 200oc އަށް ފިހެލާށެވެ. ފިހުމުގެ ކުރިން އަވަން ހޫނުކުރަން ވާނެއެވެ. އުނދުނުން ފިހަން ބޭނުންނަމަ މަޑުގިނީގައި 5 މިނެޓުވަންދެއް ފިހާށެވެ. ފިހަން ވަނީ ތަވާގައި މަތި ޖަހައިގެންނެވެ.