ބޭނުންވާ ތަކެތި

  • ކެރެޓް (ފޮތިކޮށް ކޮށާފައި)
  • ޓޮމާޓޯ (ފޮތިކޮށް ކޮށާފައި)
  • ކިއުކަންބާ (ފޮތިކޮށް ކޮށާފައި)
  • ބެލް ޕެޕާ
  • ސްލައިސް ޗީޒް
  • ސަބްމެރިން ސޯސް
  • ގްރިލްޑް ބީފް
  • އައިސްބާގް ލެޓިއުސް
  • ސަބްމެރިން ބްރެޑް

ތައްޔާރު ކުރާނެ ގޮތް

އެންމެ ފުރަތަމަ، ސަބްމެރިން ބްރެޑްގައި ސަބްމެރިން ސޯސްކޮޅެއް ހާކާލުމަށްފަހު، ތަވާގައި ހޫނު ކޮށްލާށެވެ. މިގޮތަށް ހެދުމުން ބްރެޑް ކުޑަކޮށް ހަރުވެ މީރުވާނެއެވެ. ދެން، ގްރިލްޑް ބީފް ކޮޅު ތަވައަށް އަޅާ ހޫނުކޮށްލާށެވެ. އެއަށް ފަހު، ކުރިން ހޫނު ކުރި ސަބްމެރިން ބްރެޑް މަތީގައި އައިސްބާގް ލެޓިއުސް ކޮޅު ބޭއްވުމަށް ފަހު ޓޮމާޓޯ ފޮތިތައް މަތީގައި އަތުރާލާށެވެ. ޓޮމާޓޯ ފޮތިތައް އެތުރުމަށް ފަހު، ކިއުކަންބާ ފޮތިތައް ވެސް އަތުރާލާށެވެ. ދެން އޭގެ މައްޗަށް ގްރިލްޑް ބީފް ކޮޅު އެޅުމަށްފަހު މަތީގައި ޕެޕާ ފޮތިތައް އަތުރާލާށެވެ.

ދެން، ސަބްމެރިން ބްރެޑްގެ އަނެއް ފަޅި ނަގާ، ސަބްމެރިން ސޯސް އުނގުޅާލާށެވެ. ދެން، ކުރިން ޓޮމާޓޯ ފޮތިތައް އެޅި ބްރެޑް ފަޅީގައި ޗީޒް ފޮތިތައް އޮޅާލުމަށް ފަހު ބާއްވާށެވެ. އެއަށްފަހު، ދެ ބްރެޑްގެ ދެ ފަޅި އެއްކޮށް ތަތް ކޮށްލާށެވެ. ކުޑަ ފްރެންޗް ފްރައިސް ކޮޅެއް ތައްޔާރު ކޮށްލުމަށް ފަހު އެކުގައި ކެވިދާނެއެވެ.