ބޭނުންވާ ތަކެތި

  • ޓޮމާޓޯ ސޯސް
  • ކްރީމް ސޯސް
  • ކޮރިއެންޑާ ފަތް
  • ލޮނުމެދު
  • ސީ ފުޑް
  • މިކްސް ވެޖެޓަބަލް
  • ސްޕެގެޓީ
  • ޕެޕާ
  • ލޮނު
  • އޮލިވް އޮއިލް

ތައްޔާރު ކުރާނެ ގޮތް

އުނދުން ރޯކޮށްލުމަށް ފަހު ތަވާ އުނދުން މައްޗަށް އުދާ ކުޑަ ތެޔޮ (އޮލިވް އޮއިލް) ފޮދެއް ތަވާތެރެއަށް އަޅާށެވެ. އެއަށްފަހު ތެޔޮފޮދު ހޫނުވުމުން މަޑު ގިނީގައި ލޮނުމެދު އަޅާލާށެވެ. އެއަށްފަހު ސީފުޑް ކޮޅު އެޅުމަށްފަހު، މިކްސް ވެޖެޓަބަލް ކޮޅު އަޅާ އެއްކޮށްލާށެވެ. ދެން ޓޯމާޓޯ ސޯސް އަދި ކްރީމް ސޯސް ކޮޅު އަޅާ އެއްކޮށްލުމަށް ފަހު ޕެޕާ އަދި ލޮނު ކޮޅު އަޅާލާށެވެ.

ދެން، ސްޕެގެޓީ ކޮޅު ފެނަށް ލުމަށްފަހު، މަޑު ވަންދެން ކައްކާލާށެވެ. ސްޕެގެޓީ ރަނގަޅަށް މަޑު ވުމުން ކުރިން ހެދި 'މިކްސްޗާ' އަށް އަޅާ އެއްކޮށްލާށެވެ. ރަނގަޅަށް އެއްވުމުން ކޮރިއެންޑާ ފަތް ކޮޅު ކުޑަކޮށް ކޮށާލުމަށްފަހު އޭގެ ތެރެއަށް އަޅާލާށެވެ.