ބޭނުންވާނެ ތަކެތި

  • 1 ދޮންކެޔޮ
  • 1 ތަށި ލޯފެޓް ޔޯގަޓް
  • 1/4 ތަށި ލޯފެޓް ކިރު
  • ކުޑަ ކާފޫރުތޮޅި ކުނޑި ކޮޅެއް
  • 2 މޭޒުމަތީ ސަމްސާ މާމުއި
  • 1/4 ތަށި ވޯލްނަޓް (ކުދިކޮށް ކޮށާފަ)

ތައްޔާރު ކުރާނެ ގޮތް

އެންމެ ފުރަތަމަ ދޮންކެޔޮ ކުދިކޮށް ކޮށާލުމަށް ފަހު މިކްސަރަށް އަޅާލާށެވެ. ދެން ކުދި ކޮށް ކޮށާފަ ހުރި ވޯލްނަޓް ކޮޅެއް އަދި ކާފޫރުތޮޅި ކުނޑި ކޮޅު އަޅާލާށެވެ. ދެން ޔޯގަޓް ތަށްޓާއި ކިރު ތަށި އަދި މާމުއި އެޅުމަށް ފަހު މިކްސަރުގައި ގިރާލާށެވެ.

އެއަށް ފަހު، ސްމޫތީ ތަށްޓަކަށް އެޅުމަށްފަހު، މައްޗަށް ކުދިކޮށް ކޮށާފައި ހުރި ވޯލްނަޓް ކޮޅެއް އަޅާލާށެވެ. އެހިސާބުން ބަނާނާ ސްމޫތީ ތައްޔާރުވީ އެވެ. ފިނިކޮށް ބޯން ބޭނުން ނަމަ އައިސް އަލަމާރިއަށް ލާ ފިނި ކޮށްލާށެވެ.