ބޭނުންވާނެ ތަކެތި
- 1 ތަށި ކިރު (ގިރާފައި)
- 1 ތަށި ހަކުރު
- 1 ސައި ސަމްސާ ވެނީލާ އެސެންސް
- 3 ބިސް
- ޗޮކްލެޓް ސޯސް
ތައްޔާރު ކުރާނެ ގޮތް
އެންމެ ފުރަތަމަ ކިރު ތައްޓާއި ހަކުރު ތަށި އަދި ވެނީލާ އެސެންސް ކޮޅު އަޅާ ރަނގަޅަށް ގިރާލާށެވެ. ދެން އޭގެ ތެރެއަށް 3 ބިސް އަޅާ އެއްކޮށްލާށެވެ.
ރަނގަޅަށް ގިރާ ލުމަށްފަހު، އަވަނަށް ލާ 5 މިނިޓް ވަންދެން ހޫނު ކޮށްލާށެވެ. އެއަށްފަހު ޕުޑިން މައްޗަށް ޗޮކްލެޓް ސޯސް ކޮޅު އަޅާލާށެވެ. ދެން 30 މިނިޓަށް އައިސް އަލަމާރިއަށްލާ ފިނިކޮށްލާށެވެ. އޭރުން ޕުޑިންގެ މީރުކަން އިތުރުވާނެއެވެ.