ބޭނުންވާނެ ތަކެތި

  • 4 ބިސް
  • 2 މޭޒުމަތީ ސަމްސާ ހަކުރު
  • 2 ސައި ސަމްސާ ވެނީލާ އެސެންސް
  • 1 ދަޅު ގެރި ކިރު
  • ފެން

ތައްޔާރު ކުރާނެ ގޮތް

އެންމެ ފުރަތަމަ ހަކުރު ކޮޅު ޓްރޭ އަށް އެޅުމަށް ފަހު، 1 ސައި ސަމްސާ، ފެން ފޮދެއް އަޅާ ލުމަށްފަހު އުދުނުން ހޫނު ކޮށްލާށެވެ. ހަކުރު ރަތްވެ އޮލަ ވުމުން އުނދުން ނިވާލާށެވެ.

ދެން ވަކި ތައްޓަކަށް 4 ބިސް، ރަނގަޅަށް ގިރާ ލުމަށް ފަހު، ގެރި ކިރު ދަޅު އަދި ބައި ތަށި ފެން އަޅާ އެއްކޮށްލާށެވެ. އެއަށް ފަހު، ވެނީލާ އެސެންސް ކޮޅު އަޅާ އެއްކޮށްލާށެވެ.

ޕުޑިން ތައްޔާރުމަށްޓަކާ އެޅި ޓްރޭ އަށްވުރެ ބޮޑު ޓްރޭއަކަށް ފެން އަޅުމަށްފަހު ޕުޑިން އެޅި ޓްރޭ ފެން ޓްރޭގެ ތެރެއަށް ލާށެވެ. ޓްރޭ ލާންވާނީ ވަށައިގެން ފޮއިލް އޮޅާފައެވެ. މި ގޮތަށް 30 މިނިޓް ވަންދެން ހޫނުކޮށްލާށެވެ. ދެން 5-6 ގަޑިއިރަށް ޕުޑިން އައިސް އަލަމާރިއަށްލާ ފިނިކޮށްލާށެވެ. އޭރުން ޕުޑިންގެ މީރުކަން އިތުރުވާނެއެވެ.