ބޭނުންވާނެ ސާމާނު

  • 2 މޭޒުމަތީ ސަމްސާ އޮލިވް އޮއިލް
  • 2 މޭޒުމަތީ ސަމްސާ މަޔޮނައިޒް (ބޭނުން ވައްތަރެއްގެ)
  • 2 މޭޒުމަތީ ސަމްސާ ބާބަކިއު ސޯސް
  • ޓޯމާޓޯއެއް (ފޮތި ކޮށްފައި)
  • ހިޔާ (ފޮތިކޮށްފައި)
  • ލެޓިއުސް
  • 2 ސްޕެޝަލް ޓޫނާ ބާގާ
  • 1 ބްރެޑް (ހޮޓްޑޮގް ނުވަތަ ޕަނީނޯ)

ތައްޔާރު ކުރާނެގޮތް

އުދުން ރޯކޮށްލުމަށްފަހު ތަވާ އުދުން މައްޗަށް އުދާ ކުޑަ ތެޔޮ ފޮދެއް ތަވާތެރެއަށް އަޅާށެވެ. އެއަށްފަހު ތެޔޮކޮޅު ހޫނުވުމުން މަޑު ގިނީގައި ސްޕެޝަލް ޓޫނާ ބާގާ ފިހާށެވެ. މަޑު މުށި ކުލައެއް ސްޕެޝަލް ޓޫނާ ބާގާއަށް އެރުމުން ނަގާ ވަކި ތައްޓެއްގައި ބަހައްޓާށެވެ. ދެން ބްރެޑް ނެގުމަށްފަހު މެދުން ދެ ފަޅިއަށް ފަޅާލާށެވެ. އެއަށްފަހު ޓޫނާ ބާގާ ފިހުނު ތަވާމަތީގައި ކުޑަ އިރުކޮޅެއް ވަންދެން ބާއްވާށެވެ. މިގޮތަށް ހެދުމުން ބްރެޑް ކުޑަކޮށް ހަރުވެ މީރުވާނެއެވެ.

ދެން ބްރެޑް ނެގުމަށްފަހު ބާބަކިއު ސޯސް ބްރެޑްގެ އެއްފަރާތުގައި ހާކާށެވެ. މިގޮތަށް ހާކާއިރު ބޭނުންވާ މިންްވަރަށް ސޯސް ހޭކިދާނެއެވެ. އަދި މިގޮތަށް ބްރެޑްގެ އަނެއް ފަރާތުގައި މަޔޮނައިސް ހާކާށެވެ. ބާބިކިއު ސޯސް ހޭކި ފަރާތުގައި ދެން ސްޕެޝަން ޓޫނާ ބާގާ ބާއްވާ އޭގެ މަތީގައި ލެޓިއުސް، ޓޮމާޓޯ އަދި ފިޔާ އަތުރާލާށެވެ. އަދި އެންމެ މަތީގައި ބާކީ އޮތް ސްޕެޝަން ޓޫނާ ބާގާ ބާއްވާ އޭގެ މަތީގައި ކުޑަ ބާބަކިއު ސޯސް ކޮޅެއް ހާކާލާށެވެ. އެއަށްފަހު ބްރެޑްގެ މަތީ ބައި ބާއްވާލާށެވެ.

ނޯޓް: ބޭނުން ނަމަ ކުޑަ ފްރެންޗް ފްރައިސްކޮޅެއް އެކީގައި ބޭނުން ކުރެވިދާނެއެވެ.