ބަލިވުމުގެ ސަބަބުން ފަރުޟު ރޯދަ ނުހިފި ދެވަނަ ރޯދަ ފާއިތުވެއްޖެނަމަ ހަދާނީ ކިހިނެެއްތޯ؟

ގަދަވީމާ ހިފާނީ

އާދަކޮށް ކޮންމެ ހޯމަ ބުރާސްފަތި މި ދެދުވަހު ރޯދަ ހިފުމަކީ ބިދުޢައެއްތޯ؟

ގަދަވެގެންވާ ސުންނަތެއް.

ރޯދަ ހިރުން ޙަރާމް ދުވަސްތައް ފިޔަވައި، އެހެން ކޮންމެ ދުވަހަކުވެސް ސުންނަތް ރޯދަތަކާއި ގަޟާ ރޯދަ ހިފިދާނެތޯ؟

ލައްބަ. ހިފިދާނެ. ނަމަވެސް ހުކުރު ދުވަހެއް ނުވަތަ ހޮނިހިރު ދުވަހެއް އެކަހެރިކޮށް ރޯދަ ހިފައިގެން ނުވާނެ. މިއިން ދުވަހަކު ރޯދަ ހިފާނަމަ އޭގެ ކުރިން ދުވަހެއް ނުވަތަ ފަހުން ދުވަހެއް ގައި ހިފަން ވާނެ.

ރޯދަ ހިފާ އިރު ފަތިސްނަމާދު ބަންގި ގޮވުމުގެ ކުރިން، އިމްސާކު ގަޑި ޖެހުމަށްފަހު ކެއުމަކީ ކޮންހަލަ ކަމެއްތޯ؟

ފަތިސް ނަމާދުގެ ބަންގި އާއި ހަމަ އަށް ކައިބޮއި ހެދޭނެ.

މުޙައްރަމް މަހުގެ އެއްވަނަ ދުވަހު ރޯދަ ހިފުން އޮވޭތޯ؟

މުޙައްރަމް މަހު ވީހާވެސް ގިނައިން ރޯދަ ހިފުން ސުންނަތް ވެގެންވޭ.

ރޯދައަށް ހުރެ ބުމަ ހެދުމުން އެ ރޯދަ ސައްޙަވަނެތޯ؟

ރޯދަ ބާޠިލެއް ނުވާނެ.

ކުރިން ކުރެވުނު ފާހިޝް ކަންތަކުގެ ސަބަބުން ރަމަޟާން މަހުގެ ރޯދަ ގެއްލިފައިވާ ވަރު ނޭގޭ މީހުން އެރޯދަ ހިފުމަށް ހަދާނީ ކިހިނެއްތޯ؟

ޔަގީންވާ ވަރަށް ހިފާނީ.

ދުވަސްވެ މުސްކުޅިވެފައިހުރި މީހެއްގެ ބަލިހާލަތު ހުރިގޮތުން ރޯދަނުހިފޭނަމަ އޭނާ ޢަމަލުކުރާނީ ކިހިނެތްތޯ؟

ކޮންމެ ރޯދަ އަކަށް މިސްކީނަކަށް ކާންދޭނީ.

ރޯދައަށް ހުންނައިރު ކަރުތެރެއިން އަންނަ ރޯގާއާއި، ކުޅު ދިރުވުމުން ރޯދަ ގެއްލޭނެތޯ؟

ނުގެއްލޭނެ.

ރޯދައަށް ހުރެ އަމިއްލައަށް ޖިންސީ އެދުން ފުއްދައިފި ނަމަ، އެފަދަ މީހަކު ތަޢުބާ ވާން ހަދާނީ ކިހިނެތޯ؟

ކުރެވުނު ކަންތަކާއި މެދު ހިތާމަކޮށް، ދެން އެފަދަކަމެއް ނުކުރުމަށް ޢަޒުމް ކަނޑަ އަޅާ ފާފަ ފުއްސެވުން އެދި ދުޢާ ކުރާނީ.

ރޯދައަށް ހުރެ ބޮޑުގުންބާ ކުރުމުން ރޯދަ ގެއްލޭނެތޯ؟

ނުގެއްލޭނެ.

ސުންނަތް ރޯދައެއް ހިފުމަށް ނިޔަތް ގަނެފަ، ފަތިސް ނަމާދައް ފަހު ނިދާލުން ހުއްދަވާނެތޯ؟

ލައްބަ. ހުއްދަ ވާނެ.

ހޯމަ އަދި ބުރާސްފަތި ދުވަހު ރޯދަ ހިފާމީހަކު ދާއިމީކޮށް ރޯދަ ހިފަންޖެހޭނެތޯ؟

ދާއިމީ ކޮށް ހިތުން މޮޅު އިތުރުވެގެންވޭ. ނަމަވެސް، އެއީ ލާޒިމް ކަމެއް ނޫން.

ރޯދައަށްހުރެ ދަތްއުގުޅުމަކީ ކޮންކަހަލަ ކަމެއްތޯ؟

އެންމެ ރަގަޅު ކަމެއް.

އުފަންދުވަހު ރޯދަ ހިފިދާނެތޯ؟

އެއީ ބިދުޢަ އެއް.

ރޯދަ ވިއްލުން އެންމެ ރަނގަޅީ ކޮން އެއްޗަކުންތޯ؟

ހަނދުމަހުގެ 28،29 ގައި ސުއްނަތް ރޯދަހިފުން ރަގަޅުކަމަށް ބެއް މީހުން ބުނޭ. ނަމަވެސް އެދެދުވަހު ރޯދަހިފައިހުޅޭ ވާހަކަ ޢާއްމުންގެ ތެރޭގައި ދައްކާއަޑު

ވަރަށް ނިވެއެވެ. މިދެ ދުވަހަކީ ހޯމަ.ބުރާސްފަތި މިދެދުވަހަށްވުރެ ސުންނަތް ކަން ގަދަދުވަހެއްތޯއެވެ؟

އެ ދެދުވަހު ރޯދަ ހިފުމަށް އެއްވެސް ދަލީލެއް އައިސްފައި ނުވޭ.

ޙައިޟުގެ ލޭކެނޑި ހިނައިނުގަނެ ހުރެ ރޯދަ ހިފިދާނެތޯ؟

ލައްބަ. ހިފިދާނެ. ނަމަވެސް ނަމާދު ކުރުމަށް ހިނައިގަންނަން ޖެހޭނެ.

ނިދިން ހޭލެވުނުއިރު މަނިބޭރުވެފައި ވާނަމަ ރޯދަ ގެއްލޭނެތޯ؟

ނުގެއްލޭނެ.

ގަޟާ ރޯދަ ހަމައެކަނި ހުކުރު ދުވަހު ހިފިދާނެތޯ؟

ހުކުރު ދުވަހު ރޯދަ ހިފާނަމަ އޭގެ ކުރިން ދުވަހެއް ނުވަތަ ފަހަތުން ދުވަހެއް ގައި ހިފަން ޖެހޭނެ.

ރަމްޟާން މަސް ނޫން އެހެން މަސްމަހުގަ! ބުރާސްފަތި ދުވަހުއާ ހުކުރުދުވަހުއާ ރޯދަ ހިފުމަކީ ސުންނަތުން ސާބިތުވާ ކަމެއްތޯ؟

ހަފްތާގެ ދުވަސްތަކުގެ ތެރެއިން ހޯމަ އާއި ބުރާސްފަތި ދެދުވަހު ރޯދަ ހިފުން ސުންނަތް ވެގެންވޭ.

ރަޖަބުމަހު ރޯދަހިފަން ވަކިދުވަސްތަކެއް ކަޑައެޅިފައި ވޭތޯ؟ ވާނަމަ އެދުވަސްތަކަކީ ކޮބައިތޯ؟

ވަކި ޚާއްޞަ ދުވަސްތަކެއް ނުވޭ.

ފަރުޟު ފަސް ނަމާދު ނުކުރާ މީހަކު ޝައްވާލު މަހުގެ ހަ ރޯދަ ހިފުމަކީ ކޮންކަހަލަ ކަމެއްތޯ؟

ނަމާދު ނުކޮށް ކުރާ އެއްވެސް ހެޔޮ ޢަމަލެއް ﷲ ގަބޫލެއް ނުކުރައްވާނެ.

ގަސްދުގައި ދޫކޮށްފައިވާ ރޯދަ ފަހުން ތައުބާވުމަށްފަހު އަލުން ގަޟާޔަށް ހިފަންޖެހޭނެތޯ؟

ލައްބަ. ޖެހޭނެ.

ކުޅު ދިރުވުމުން ރޯދަ ގެއްލޭނެތޯ؟

ނުގެއްލޭނެ.

ނަދުރު ރޯދަ ހިފުމަކީ ކޮންކަހަލަ ކަމެއްތޯ؟

ވާޖިބު ކަމެއް.

ފިތުރު ޒަކާތް ނެރެންޖެހޭ ވަގުތަކީ ކޮބައިތޯ؟ އަދި ފިޠުރު ޒަކާތް ނުދޭ މީހާގެ ރޯދަ ސައްޙަވާނެތޯ؟

ޢީދު ނަމާދަށް ނިކުތުމުގެ ކުރިން. ފިޠުރު ޒަކާތް ނުދިން ނަމަވެސް ރޯދައިގެ ޞައްޙަ ކަމަކަށް ބަދަލެއް ނާންނާނެ.

ފިރިމީހާގެ އިޛުނައާއި ނުލާ ގެއްލިފައިވާ ރޯދަ ޤަޟާކުރެވިދާނެތޯ؟

ފިރިމީހާ ރަށުގައި ޙާޟިރުވެ ހުރެއްޖެނަމަ އޭނާގެ އިޛްނަ ހޯދަން ވާނެ. ނަމަވެސް، އިޛްނަ ނުހޯދާ ގެއްލުނު ރޯދަ އަކަށް ހުއްޓާ ފިރިމީހާ އެއްދާން ކުރަން އެދުނު ނަމަވެސް އިޖާބަ ދީގެން ނުވާނެ.