ބޭނުންވާ ތަކެތި

  • އޮލިވް އޮއިލް (2 މޭޒުމަތީ ސަމުސާ)
  • ކޮށާފައި ހުރި ފިޔާ 1/2 ތަށި)
  • ގާލިކް (2 މޭޒުމަތީ ސަމުސާ)
  • ޓޮމާޓޯ ޕޫރީ (ބޮޑު)
  • އޮރެގާނޯ
  • ޕާސްލޭ
  • ތީމް
  • ބްލެކް ޕެޕާ (1/2 ސަމުސާ)
  • ކޮށި މިރުސް (1 މޭޒުމަތީ ސަމުސާ)
  • ލޮނު (1/2 ސަމްސާ)
  • ހަކުރު (1/2 ސަމްސާ)
  • ފުށް (200 ގްރާމް)
  • ޔީސްޓް (1 ސަމުސާ)
  • ކެއްކި ފެން (120 މިލިލީޓަރު)
  • މޮޒެރެއްލާ
  • ކޯން
  • ބެލް ޕެޕާ
  • މަޝްރޫމް
  • ޕައިންއެޕަލް
  • ކައްކާފައި ހުރި ސޮސޭޖް

ތައްޔާރު ކުރާނެ ގޮތް

ފުރަތަމަ ތައްޔާރު ކުރާނީ ސޯސްގަނޑެވެ. އެކަމަށްޓަކައި އޮލިވް އޮއިލް (2 މޭޒުމަތީ ސަމުސާ)، ކޮށާފައި ހުރި ފިޔާ 1/2 ތަށި)، ގާލިކް (2 މޭޒުމަތީ ސަމުސާ)، ޓޮމާޓޯ ޕޫރީ (ބޮޑު)، އޮރެގާނޯ، ޕާސްލޭ، ތީމް، ބްލެކް ޕެޕާ (1/2 ސަމުސާ)، ކޮށި މިރުސް (1 މޭޒުމަތީ ސަމުސާ)، ލޮނު (1/2 ސަމްސާ) އަދި ހަކުރު (1/2 ސަމްސާ) އަޅާ ރަނގަޅަށް އެއްކޮށްލާށެވެ.

ފުށްގަނޑު ތައްޔާރު ކުރުމަށްޓަކައި ފުށާ، ލޮނު، ހަކުރު އަދި ފެން އަޅައިގެން ރަނގަޅަށް މޮޑެ ވީޑިއޯ އިން ފެންނަ ގޮތަށް ފުށްގަނޑު ދަމާށެވެ. އެއަށްފަހު ޕިއްޒާ ފިހަށް ބޭނުން ކުރާ ޓްރޭގައި ފަތުރާލައި މަތީގައި ރަބަރު ގަނޑެއް ފަދަ އެއްޗެއް އަޅާ ބަންދުކޮށްލުމަށްފަހު ވިއްސަކަށް މިނެޓް ބަހައްޓާށެވެ. އޭރުން ފުށްގަނޑު ހުންނާނީ ފައްކާވެފައެވެ. ދެން ފުށްގަނޑަށް ކުރިން ޔައްތާރު ކުރި ސޯސް އަޅާ ރަނގަޅަށް ފަތުރާލާށެވެ. އަދި އޭގެ މައްޗަށް ބާކީ ހުރި އެއްޗެއްހި ވީޑިއޯއިން ފެންނަ ގޮތަށް އަދި ތިބާ ހިތް އެދޭ ގޮތަށް އަޅަމުން ގެންދާށެވެ.

އެއަށްފަހު ޕިއްޒާ ފިހުމަށްޓަކައި 250 ޑިގްރީ ހޫނު މިނުގައި 20 ވަރަކަށް މިނެޓް ފިހެލާށެވެ.

ޕިއްޒާ ތައްޔާރު ވީއެވެ. ދެން ރޯދަ ވީއްލާ ގަޑިއަށް ޅިޔަ އަޅާލައިފައި މޭޒު މައްޗަށް ނެގީމައި އެހެރީ މުޅިން ފައްކާވެފައެވެ.