1. އަރަފާތު ދުވަސް އައުމުން އެ ދުވަހުގެ ރޯދަ ހިފިދާނެތޯ؟

ޙައްޖު މަހުގެ 9 ވަނަ ދުވަހަކީ ތޯވެ! އެދުވަހަކީ ދުވަސްތަކުގެ ތެރެއިން ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ދުވަހެވެ. އެދުވަހު ޙައްޖުގެ އަޅުކަން އަދާކުރުމަށް ޢަރަފާތް ބިމަށް އެއްވެ ތިބޭ މީހުންނަށް ﷲގެ ރަޙްމަތާއި ފާފަފުއްސެވުން ދެއްވައެވެ. އަދި ﷲ ސުބްޙާނަހޫ ވަތަޢާލާ އެއިލާހުގެ މަލާއިކަތް ބޭކަލުންގެ ކުރިފުޅުމަތީގައި އެ މީހުންގެ ކިޔަމަންތެރިކަމުގެ މައްޗަށް ފަޚުރުވެރިވެ ވޮޑިގަންނަވައެވެ.
އެ ބިމުގައި މި މާތް ދުވަހުގައި ހުރުމުގެ ނަޞީބު ލިބިފައިނުވާ މީހުންނަށް އޮތީ މި ދުވަހު ރޯދަ ހިފުމެވެ.
ޢަރަފާތްދުވަހުގެ ރޯދައާ ބެހޭގޮތުން ސުވާލު ކުރެވުމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.
يُكَفِّرُ السَّنَةَ المَاضِيَةَ وَالبَاقِيَةَ
ފާއިތުވެ ދިޔަ އަހަރުގެ ފާފައާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފޮހެދެއެވެ.

މިއީ އަޅުގަނޑުމެންނަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. މި ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ތިޔަ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ގޮވާލަމެވެ. އަދި އޭގެ އިތުރަށް ތިމާގެ އަނބިދަރިންނާއި ގާތްތިމާގެ މީހުންނާއި ރަޙްމަތްތެރީންނާއި އަދި އެނޫން މީހުންނަށްވެސް މިދުވަހުގެ ރޯދަހިފުމަށް އިރުޝާދު ދެއްވާށެވެ.

2. ފަރުޟު ރޯދައެއް ގަޟާކުރަން އޮއްވާ އަރަފާތް ދުވަހުގެ ރޯދަ ހިފިދާނެތޯ؟

ގަޟާ ރޯދަ ހިފުމުގެ ނިޔަތުގައި ޢަރަފާތް ދުވަހު ރޯދަ ހިފުމުން ގަޟާ ރޯދަ ވެސް ހިފުނީ. އަދި ޢަރަފާތް ދުވަހުވެސް ރޯދަ ހިފުނީއެވެ.

3. ރަޖަބު މަހުގެ ފުރަތަމަ ހަފްތާގައި ރޯދަ ހިފުމަކީ ސުންނަތެއްތޯ؟

ރަޖަބު މަހުގައި ރޯދަ ހިފުމަށް ވަކި ޚާއްޞަ ކަމެއް ނެތް.

4. ޙައިޟުގެ ދުވަސްވަރު ރޯދަ ހިފަން ޖެހޭނެތޯ؟

ޙައިޟުގެ ދުވަސްވަރު ރޯދަ ހިފުމެއް ނެތް

5. އަންހެނަކު ހިފަންޖެހޭ ރޯދަ ތަކެއް ހުއްޓާ މާބަނޑު ވުމުން، ޑޮކްޓަރު ރޯދަ ނުހިފަން ބުނެފި ނަމަ ދެން ކަންތައް ކުރާނީ ކިހިނެއްތޯ؟

ގަދަ ވީމާ ހިފާނީ.

6. ޤަޟާ ރޯދައަށް ހުރެ ހަނދާންނެތިގެން އެއްޗެއް ކެވިއްޖެނަމަ ރޯދަ ގެއްލޭނެތޯ؟

ނުގެއްލޭނެ

7. ރޯދަ މަހު ޕިރިއެޑް ވެގެން ރޯދައެއް ގެއްލިދާނެކަމަށް ހީވާތީވެ ނުވިހާ ބޭސް ބޭނުންކުރެވިދާނެތޯ؟

ބޭސް ބޭނުން ކުރުމަށް ވުރެ ރަގަޅު ގޮތަކީ ބޭނުން ނުކުރުން. ސަބަބަކީ ބޭހުގެ ސަބަބުން ގިނަ ފަހަރަށް ހަށިގަނޑަށް ގެއްލުންތަކެއް ލިބޭތީ. މީގެ އިތުރުން ޕީޜިއަޑް ދުވަސްވަރު ރޯދަ ނުހިފާ ދޫކޮށްލަނީވެސް ﷲ އަށް ކިޔަމަންތެރިކަން އަދާ ކުރުމުގެ ގޮތުން ކަމަށްވާތީވެ އެކަމަށްޓަކައި ޘަވާބު ލިބޭނެ.

8. ރޯދައަށް ހުރެ އަނބިމީހާއާ އެކު ހުސްގަޔާ އުޅެވިދާނެތޯ؟

އުޅެވިދާނެ. އެހެންނަމަވެސް، އެގޮތަށް އުޅުމުގެ ތެރޭގައި މަނި ބޭރުވެއްޖެނަމަ ރޯދަ ބާޠިލް ވާނެ.

9. ރޯދައަށް ހުއްޓާ ނޭފަތުން ލޭ އައުމާއި ލޭގެ ޓެސްޓަށް ލޭނެގުމާއި ލޭ ހަދިޔާކުރުމުގެ ޙުކުމަކީ ކޮބާތޯ؟

މައްސަލަ އެއް ނޫން. ރޯދަ ޞައްޙަ ވާނެ.

10. ރޯދަ ހުރެ، ރޯދަ ވީއްލުމަށް ނިޔަތްގަނެފިނަމަ ރޯދަ ގެއްލޭނެތޯ؟

ނުގެއްލޭނެ.

11. ރަމަޟާން ރޯދަމަހެއްގައި ޖުނުބުވެރި ހާލުގައި ފެންނުވަރާ ނިދާލުމަށްފަހު، ހެދުނު އެމީހަކަށް ހޭލެވުނު އިރަކުން ފެންވެރުމުން އެދުވަހަކު އެމީހެއްގެ ރޯދަ ރަގަޅުވާނެތޯ؟

ރަގަޅު ވާނެ.

12. ރަމަޟާންމަހު ގެއްލޭ ރޯދަ އެތައް އަހަރުދުވަހެއް ވަންދެން ނުހިފައި ހުރުމަށްފަހު، އެ ރޯދަ ހިފުމުގައި އަމަލުކުރަން ޖެހޭނެ ގޮތަކީ ކޮބާތޯ؟

ފަރުވާ ކުޑަވެގެން ނުހިފި ހުރެއްޖެނަމަ ތައުބާ ވުމާއި އެކު ގެއްލުނު ރޯދަތައް ހިފަން ޖެހޭނެ. ބައެޔެއްގެ ސަބަބުން ނުހިފި ލަސްވީނަމަ، ގެއްލުނު ރޯދަ އަކަށް ރޯދަ އެއް ހިފުމުން ނިމުނީ.

13. ފިރިމީހާގެ އަމުރަށް ރޯދަމަހު ރޯދައަށް ހުރެ ޖިމާޢުވެވިދާނެތޯ؟

ނުވެވޭނެ. ސަބަބަކީ ﷲ އަށް އުރެދުމެއް ވާ ކަމެއް ގައި ފިރިމީޙާ އަށް ކިޔަމަން ގަތުމެއް ނެތް.

14. ރޯދައަށްހުރެ ލިޕްސްޓިކް ޖެއްސުމަކީ ކޮންކަހަލަ ކަމެއްތޯ؟

ލިޕްސްޓިކް ޖެއްސުމަކުން ރޯދަ އެއް ނުގެއްލޭނެ.

15. ރޯދަ އަށްހުރެ ވިކްސިން ނުވަތަ އިންހޭލާ ބޭނުންކުރުމުން ރޯދަ ގެއްލޭނެތޯ؟

ނުގެއްލޭނެ.

16. ފާއިތުވެފައިވާ ފަރުޟު ރޯދަ ހިފޭނެ އެންމެ ފަހު ދުވަހަކީ ކޮބާ؟ އަދި ޝައުބާން މަސް ފެށުމުން ރޯދަމަސް ފެށުމުގެ ކުރިން އެ ރޯދަ ހިފިދާނެތޯ؟

ވިދިގެން އަންނަ ރަމަޟާން މަސް ފެށުމުގެ ކުރިން ހިފިދާނެ. ޝަޢްބާން މަސް ފެށުމުން ވެސް ކުރީ އަހަރުގެ ގެއްލިފައި ހުރި ރޯދަތައް ހިފިދާނެ.