ޒަމާނުއްސުރެ ދިވެހިންނަކީ ދުފުމަށް ފޯރި ހުންނަ ބައެކެވެ. ކެއުމަށް ފަހު އަޑަފިގަނޑު ހިފައިގެން ގަދައަށް ދުފާ އަނގަ ރަތްކޮށްލައިގެން މެނުއީ ހިތްހަމައެއް ނުޖެހެއެވެ. މިއީ އަދިވެސް ގިނަ ދިވެހިން ކުރަމުން އަންނަ ކަމެކެވެ. ބައެއްމީހުން އިހު ޒަމާނުގައި ދުފާގޮތަށް ދުފާ އިރު އަނެއްބަޔަކު ބޭނުންކުރަނީ މޮޅު ބިލަތްގަނޑެކެވެ. އަނގަ މީރު ކޮށްލަން ސުޕާރީ، ކިއްލި، ޖަބްލާނީ ނުވަތަ ޓަޓަސް ބޭނުން ކުރާ ދިވެހިންވެސް މަދެއް ނޫނެވެ.
ދުފުމުގައި އާންމުކޮށް ބޭނުންކޮށް އުޅޭ ބިލަތަކީ އަހަރެމެން ހީވެސް ނުކުރާ އެތައް ފައިދާތަކެއް ހަށިގަނޑަށް ލިއްބައިދޭ އެއްޗެކެވެ. އެގޮތުން:
1. އިސްތަށި ފޭބުން މަދުކޮށްދޭ
އިސްތަށި ފޭބުމުގެ މައްސަލައަކީ ގިނަ ބަޔަކަށް، އަބަދުމެ ކުރިމަތިވާ ހައްލު ކުރުމަށް ދަތި މައްސަލައެކެވެ. ބިލެތް ފަތަކީ އިސްތަށި ފޭބުން މަދުކޮށްދޭ ފަތްޕިލާވެލީގެ ބާވަތެކެވެ. އެގޮތުން އިސްތަށި ފޭބުން މަދުކުރުމަށް ބިލަތް ކާށިތެޔޮ ފޮދަކާއި އެކު މުގުރާލާށެވެ. އެއިން ރަނގަޅު ޕޭސްތެއް ތައްޔާރުވުމުން ބޮލުގެ ހަންގަނޑުގައި ހާކާށެވެ. އަދި ގަޑިއެއް ހާ އިރު ވަންދެން ބެހެއްޓުމަށްފަހު ބޯ ދޮވެލާށެވެ.
2. އަނގައިން ނުބައިވަސް ދުވުމުން ދުރުކޮށްދޭ
ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ އާދަކާދައިގެ މަތިން ކައިނިމިގެން ދުފަނީ މިހެންވެއޭވެސް ބުނެވިދާނެއެވެ. އަނގައިގަ ހުންނަ ކާއެއްޗެތީގެ ރަހަގަނޑު ކަނޑުވާލން ދުފާލަނީ އެހެންވެއެވެ. ބިލަތް ބޭނުންކުރުމުން އަނގައިން ނުބައިވަސް ދުވުމާއި އަނގައިގައި ހުންނަ ޖަރާސީމްތައް މަދުކުރެވެއެވެ. އަދި މީގެ އިތުރުން ބިލެތަކީ ހަލާކުވެފެއި ހުންނަ ދަތްތައް ރަނގަޅުކުރުމަށާއި ހިރުގަނޑު ވަރަގަދަވެސް ކުރުމަށްވެސް ރަނގަޅު ފަރުވާއެކެވެ.
ހިރުގަނޑުން ލޭ އައުން މަނާކުރުމަށް ވެސް ބިލެތް ބޭނުންވިދާނެއެވެ. އެގޮތުން މި ފަދަ ފަރުވާއަކަށް ބިލަތް ހޫނުފެނުގައި ކައްކާށެވެ. ރަނަގލަށް ފެންގަނޑު ކެކުމުން ފެން ފުރާނާފައި ވަކިން ނަގާށެވެ. އެއަށްފަހު އެފެން އަނގަ ދޮންނަން ބޭނުން ކުރާށެވެ. މި ފެން ތައްޔާރުކޮށްފައި ފުޅިއަކަށް އަޅައިގެންވެސް އަނަގަ ދޮންނަން ބޭނުން ކުރެވިދާނެއެވެ.
3. ލަކުނު ފިލުވުމަށް އެހީއެއް
ބިލެތަކީ އެންޓި އިންފްލެމޭޓްރީ ގެ ބާވަތްތައް ގިނަ އެއްޗެއްކަމުން ލަކުނު ފިލުވާލުމަށް އެހީވެދެއެވެ. ލަކުނު ލުމަށް މެދުވެރިވާ ބެކްޓީރިޔާ ނައްތާލުމަށް ބިލެތް ފަތުގައި ހުންނަ އެންޓި ބެކްޓީރިއަލް މާއްދާތައް އެހީތެރިވެއެވެ.
ބިލަތް ފެނުގައި ރަނަގަޅަށް ކެއްކުމަށްފަހު ހިހޫވަންދެން މަނޑުކުރާށެވެ. ދެން އެ ފެނުން ކޮންމެ ދުވަހަކު މޫނު ދޮންނާށެވެ. މީގެ އިތުރުން ބިލެތް މުގުރުމަށްފަހު އެއަށް ރީންދޫކޮޅެއް އަޅާއިގެން އެކޮށްލުމަށްފަހު ހެދޭ ޕޭސްޓް ކޮންމެ ދުވަހަކު އެއްފަހަރު ލަކުނު ހުންނަ ތަންތަނުގައި ހާކާށެވެ.
4. ހަމުގެ މައްސަލަތަކުން ދުރުކޮށްދޭ
ހަންގަނޑު ހިރުވުމާއި ހަންގަޑު ހަލާކުވުމަށް މެދުވެރިވާނަމަ ބިލެތުން މިކަމަށް ފަރުވާއެއް ހޯދިދާނެއެވެ. އެލާޖިކް ވުމުން ބިލަތުގައިވާ އެންޓި އިންފްލެމޭޓްރީގެ ބާވަތް އެލާޖިކް އިން ރަނގަޅުވުމަށް އެހީވެއެވެ. މި ކަމަށް ފަރުވާ ހޯދުމަށް 10 ވަރަކަށް ބިލަތް ގަނޑު ފެނުގައި ކައްކާށެވެ. އެއަށްފަހު ފެންވެރުމުގައި ބޭނުންކުރާށެވެ. ނުވަތަ މިފެން ބޭނުންކޮށްގެން ފެންގަނޑެއް ހަދައި އެފެންގަނޑަށް އެރޭށެވެ.
ހައްތަހާވެސް ޑރ