މައްކާ އަކީ ދިވެހިންނަށް އާ ތަނަކަށް ނުވާނެއެވެ. ދިވެހިންގެ ވަރަށް ގިނަ ބަޔަކު ދާ ބިމެކެވެ. ހައްޖުގެ މަތިވެރި އަޅުކަމާއި އުމްރާގެ އަޅުކަމަށް މައްކާއަށް ދަތުރު ކުރާ ދިވެހިން ވަރަށް ގިނައެވެ.

ދަތުރުގެ ދިގު ކަމާއި ހަރަދުގެ ބޮޑު ކަމުން ކޮންމެ ދިވެއްސަކަށް އެ ބިމަށް، ސައުދީ އަރަބިއްޔާގެ މައްކާއަށް ދިޔުމަކީ ފަސޭހަކަމެއް ނޫނެވެ. ހައްޖު މޫސުމުގައި ދާނަމަ ގާތްގަނޑަކަށް ބައިލައްކަ ރުފިޔާ ހަރަދު ކުރަން ޖެހެއެވެ. އެތައް ޒަމާނެއް ވަންދެން މަސައްކަތް ކޮށް ގައިބާރު ދެރަވާއިރު ބައިލައްކަ ރުފިޔާ ރައްކާ ކުރެވެނީ މަދު ފަހަރަކުއެވެ.

ހައްޖުވުން އޮންނަނީ ކުޅަދާނަވެގެން ވާ މީހާއަށް ކަމުން އެ ބިމަށް ދިޔުމުގެ ނަސީބު ނުލިބި ތިބި މީހުނަށް ވި ލިޔުމާއެކު ވާ ވީޑިއޯ ހިއްސާ ކޮށްލަމެވެ. އެ ވީޑިއޯ އިން އާދަމް އަލައިހިއްސަލާމް ބިމަށް ފޮނުއްވި ހިސާބުން މައްކާގެ ބިމަށް ދަތުރު ކުރެއްވި ގޮތާއި، އެ ބިމުގައި ﷲ ގެ ގެފުޅު ބިނާކުރެވިގެން ދިޔަ ގޮތް ފެންނާނެއެވެ. އަދި ގެފުޅު ބިނާ ކުރެއްވުމުގެ މަސައްކަތް އިބްރާހިމްގެ ފާނުގެ ދެބަފައިކަލުން ކުރައްވާއިރު ހަޖަރަލް އަސްވަދު އޮންނަ މަގާމު ގާއިމު ކުރެއްވި ގޮތާ އެމަގާމުގައި ބޭއްވެވި ހިލަކޮޅު އިބްރާހިމްގެ ފާނަށް ލިބިވަޑައިގެންނެވި ގޮތް ފެނެއެވެ. އަދި ގެފުޅު ވަށައިގެން ބުދު ބަހައްޓަން ދިމާވި ހާދިސާއާއި މައްކާއާއި ގުޅޭ އިބުރަތްތެރި ވާހަކައެއް ފެންނާނެއެވެ.

މި ވީޑިއޯއަކީ ސިމްޕްލީ ސާޗް ސްޓޫޑިއޯއިން ތައްޔާރުކޮށްފައިވާ ތްރީޑީ އެނިމޭޝަނެކެވެ.