ބޭނުންވާ ތަކެތި

  • ވައިޓް ބްރެޑް
  • ބްރައުން ބްރެޑް
  • ކާޑް (ޔޯގަޓް 200 ގްރާމް)
  • ގްރީން ޗިލީ (ކޮށާފަ)
  • ފިޔާ (ކޮށާފަ)
  • ޓޮމާޓޯ (ކޮށާފަ)
  • ކިއުކަމްބާ (ކޮށާފަ)
  • ކޮރިއަންޑާ (ކޮށާފަ)
  • ހިކަނދިފަތް (10 ނުވަތަ 12 ވަރަކަށް ފަތް)
  • މަސްޓާޑް ސީޑް (1 މޭޒުމަތީ ސަމްސާ)
  • ކުނޑި މިރުސް (ރަހަލާ ވަރަށް)
  • މަސާލާ ކުނޑި (1/3 މޭޒުމަތީ ސަމްސާ)
  • ރޯސްޓަޑް މަސާލާ ޕައުޑަރު (1/2 ސަމްސާ)
  • ލޮނުކޮޅެއް
  • ކްކިންއޮއިލް

ތައްޔާރު ކުރާނެ ގޮތް

ކާޑު ކޮޅު ރަނގަޅަށް އެއްކޮށްލުމަށް ފަހު ކޮށާފައި ހުރި ފިޔާކޮޅާ ޓޮމާޓޯ، ކިއުކަމްބާ އަދި ކޮރިއަންޑާ ކޮޅު އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. ދެން ރަހަތައް ރަނގަޅު ކުރުމަށްޓަކާ ލޮނު، މިރުސް އަދި މަސާލަ ފައުޑަރު، މަސްޓަޑް ސީޑް އަޅާ އެއްކޮށްލާށެވެ. ދެން ކައިރި ނަގާ ތައްޔާރު ކޮށްފައި އޮތް ޕާން ފޮތީގައި ހޭކުމަށް ފަހު ޥީޑިއޯއިން ފެންނަ ގޮތަށް ސޭންޑްވިޗް ހަދާށެވެ. ޔޯގަޓް ސޭންޑްވިޗް ތައްޔާރު ކުރުމަށްޓަކައި ދެންމެ ހެދި ޕާންފޮތިތައް ބަހައްޓާފައި އުނދުން މައްޗަށް ތަވައެއް އުދާ ހޫނުކޮށްލުމަށް ފަހު އޭގެ ތެރެއަށް ތެޔޮކޮޅަކާ މަސްޓާޑް ޕައުޑަރު ކޮޅުގެ އިތުރުން ހިކަނދި ފަތް ކޮޅު އަޅާ އެއް ކޮށްލުމަށް ފަހު ކުރިން ތައްޔާރު ކުރި ސޭންޑްވިޗް ފޮތިތައް ވީޑިއޯއިން ފެންނަ ގޮތަށް ތަވާ މަތީގައި އަތުރާށެވެ. ދެން ރަނގަޅަށް މުށި ކުލަ އަރަންދެން ދެފުށް ފިހެލާށެވެ.

ޔޯގަޓް ސޭންޑްވިޗް ތައްޔާރު ވީއެވެ. ދެން ސޯސް ކޮޅަކާއެކު މޭޒު މައްޗަށް ނެގީމާ އެހުރީ ކާން ރެޑީ ވެފައެވެ.