ސީޔާސީ ޕާޓީތަކުގެ އަހަރީ އޮޑިޓް ރިޕޯޓް މިހާތަނަށް ހުށަހަޅާފައި ވަނީ ތިން ޕާޓީ އަކުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީޕް މިއަދު ކުރެެއްވި ޓްވީޓެއްގައި ވިދާޅުވީ، އަންނަ ބުރާސްފަތި ދުވަހަކީ ޕާޓީތަކުގެ އޮޑިޓް ރިޕޯޓް ހުށަހަޅަން ޖެހޭ ފަހު ތާރީހް ކަމަށާއި މިހާތަނަށް އޮޑިޓް ރިޕޯޓް ހުށަހަޅާފައި ވަނީ ޖުމްލަ ތިން ޕާޓީއަކުން ކަމަށެވެ.

ރިޕޯޓު ހުށަހެޅީ ޖޭޕީއާއި އެމްޑީއޭގެ އިތުރުން އެމްޑީޕީންނެވެ.

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމުގައި އޮޑިޓް ރިޕޯޓަށް ބަލައެވެ. އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ވެސް ވަނީ އޮޑިޓް ރިޕޯޓް ހުށަނާޅާ ސިޔާސީ ޕާޓީތަކުގެ ފައިސާ ހިފަހައްޓައިފައެވެ،