ދައުލަތުގެ ބަޖެޓުން ސިޔާސީ 6 ޕާޓީއަކަށް 44 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ވާންވާނީ ކޮންމެ އަހަރެއްގައި ދައުލަތުގެ ބަޖެޓުގައި އެ ކަމަށް ކަނޑައެޅި ދޫކުރެވޭ ފައިސާއަކަށެވެ. . އެ ގޮތުން ސިޔާސީ ޕާޓީތަކަށް ދޫކުރެވޭ ފައިސާ، ދައުލަތުގެ އަހަރީ ބަޖެޓުގެ 0.1 އިންސައްތަ އާއި 0.2 އިންސައްތައާ ދެމެދުގެ އަދަދަކަށް ވާންޖެހޭނެ ކަމަށް އެ ގާނޫނުގައި އޮންނަނީ ކަނޑައަޅާފައެވެ. އަދި މި ފައިސާ ދޫކުރަނީ 10،000 އަށް ވުރެން ގިނަ މެންބަރުން ތިބޭ ޕާޓީތަކަށް މެންބަރުންގެ އަދަދުގެ ނިސްބަތުންނެވެ.

ފައިސާ ދޫކޮށްފައިވާ ސިޔާސީ 6 ޕާޓީ:

  • ޕީޕީއެމް - 10.4 މިލިއަން ރުފިޔާ
  • އެމްޑީޕީ - 15.1 މިލިއަން ރުފިޔާ
  • ޕީއެންސީ - 8 މިލިއަން ރުފިޔާ
  • ޖުމްހޫރީ ޕާޓީ - 5.3 މިލިއަން ރުފިޔާ
  • އަދާލަތު ޕާޓީ - 2.5 މިލިއަން ރުފިޔާ
  • އެމްޑީއޭ - 2.4 މިލިއަން ރުފިޔާ

ދައުލަތުގެ ބަޖެޓުގެ ގޮތުގައި މި އަހަރު 49 ބިލިއަން ރުފިޔާ ފާސްކޮށްފައިވާއިރު، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސިޔާސީ ޕާޓީތަކަށް ފައިސާ ކަނޑައަޅާފައިވަނީ ބޮލަކަށް 289.62 ރުފިޔާގެ މަގުންނެވެ.