ރ. އިނގުރައިދޫގައި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ އިނގުރައިދޫގައި އެކްސިޑެންޓެއް ހިނގާފައި ވާކަން މިއަދު މެންދުރުފަހު 14:18 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައި ވާކަމަށްވެ.

މި އެކްސިޑެންޓުގައި އަނިޔާ ވެފައިވަނީ އުމުރުން 22 އަހަރުގެ ފިރިހެނަކަށާއި، 20 އަހަރުގެ ފިރިހެނެއްގެ އިތުރުން 24 އަހަރުގެ ފިރިހެނަކަށެވެ.

އެ ތިން މީހުންނަށް ވެސް މިހާރު އަންނަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އެ ތިން މީހުނގެ ހާލު ސީރިއަސް ނޫންކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ދެ ސައިކަލު ޖެހިގެންނެވެ. އަދި މި އެކްސިޑެންޓުގައި ސައިކަލު ދުއްވި ދެ މީހުންގެ އަތުގައި ވެސް ލައިސެންސް ނެތް ކަމަށް ފުލުހުން ބުނެއެވެ.