ވަޒަން އަޅާފައިވާ މެގަޒިނަކާއެކު ހައްޔަރުކުރި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

މި ކަމާ ގުޅިގެން ފުލުހުން ބުނީ އޮގަސްޓު 24 ވަނަ ދުވަހު ދިވެހިރާއްޖެއަށް ވައިގެ މަގުން އެތެރެވި އެމެރިކާ މީހެއްގެ ލަގެޖުން ވަޒަން އަޅާފައިވާ މެގަޒިނެއް ފެނިފައިވާކަމަށެވެ.

ފުލުހުން ބުނީ މެގަޒިން ފެނިފައިވަނީ ކޮބޯލް ބްރިޓެއިން ޓައިލާ (36 އ) ގެ ލަގެޖުން ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 10 ދުވަސް ޖަހައިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން ދާކަމަށެވެ.