މި ފެށޭ ރޯދަ މަހުގެ ސަރުކާރުގެ ރަސްމީ ގަޑިއަކީ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށް ކަނޑައަޅައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، ރޯދަ މަހުގެ ރަސްމީ ގަޑިއަކީ ހެނދުނ 9 އިން މެންދުރު 1 އަށް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހަމަޖައްސަވާފައިވާ ކަމަށެވެ. އަދި މި ގަޑިއަށް އަމަލު ކުރަން ފަށާނީ ރޯދަ މަހުގެ އެކަކުން ފެށިގެން ޝައްވާލު މަހުގެ ހަތް ވަނަ ދުވަހަށް ކަމަށެވެ. އެއީ ހަ ދުވަހުގެ ރޯދަ ވެސް ހިމެނޭ ގޮތަށެވެ.

މިއީ މި ފަހުން ރޯދަ މަހުގެ ސަރުކާރުގެ ރަސްމީ ގަޑިއަށް ބަދަލުގެނައި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރޯދަމަހުގެ ރަސްމީ ގަޑީގެ ގޮތުގައި ހަމަޖައްސާފައިވަނީ ހެނދުނު 10:00 އިން މެންދުރު ފަހު 2:00 އަށެވެ.

މި އަހަރުގެ ރޯދަ މަސް ފެށޭނީ ކަލަންޑަރުގައިވާ ގޮތުން އަންނަ މަހުގެ ހަ ވަނަ ދުވަހުއެވެ.