ކ. މާފުށީގައި މޫދަށް އެރި އުޅުމުގެ ތެރޭގައި ގެނބުނު ތިން ފަތުރުވެެރިއަކު އެރަށު މީހުން ސަލާމަތް ކޮށްފިއެވެ.

ފުލުހުން ބުނީ، މާފުށީ ގެސްޓް ހައުސް އަކަށް އައި އިންޑިއާގެ ތިން ފިރިހެން ފަތުރުވެރިން ގެނބުނު ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު 3:24 ގައި ކަމަށެވެ. އަދި މާފުށީ ޕޮލިސްޓޭޝަނަށް ލިބުނު ރިޕޯޓާ ގުޅިގެން ފުލުުހުން އެ ސަރަހައްދަށް ދިޔަ އިރު، އެ ތިން ފަތުރުވެރިން އާންމުންގެ އެހީތެރިކަމާއެކު އެއްގަމަށް ގެނެސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި ތިން ފަތުރުވެރިން ވަގުތުން މާފުށީ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދޭން ފަށާފައިވާ ކަަމަށެވެ. އަދި އެމީހުންގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެއެވެ.

ފަހަކަށް އައިސް ރާއްޖެއަށް އަންނަ ފަތުރުވެރިން ގެނބިގެންނާއި ފީނުމުގެ ތެރޭގައި މަރުވާ ހާދިސާތައް ވަނީ އިތުރުވެފައެވެ. ފާއިތުވި ދުވަސްތަކުގައި ހަތް ފަތުރުވެރިއަކު ގެނބިގެން މަރުވިކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވެއެވެ.