ނަގިލި ކަހާލައިގެން ދިޔަ ބޯޓެއް ސިނަމާލެ ބްރިޖަށް އުރިއްޖެއެވެ.
މި ހާދިސާ ހިނގިއިރު 'ދަ ޕްރެސް' ގެ ނޫސްވެރިން ތިބީ ސިޓްރަން ރެސްޓޯރަންޓްގައެވެ. ނޫސްވެރިން ބުނީ މި ހާދިސާ ހިނގަން މެދުވެރިވީ ކަނޑުގެ އޮއެވަރު ގަދަވެ، ބޯޓު އަޅާފައި އޮތް ނަގިލި ކަހައިގެން ގޮސް ބްރިޖާ ދިމާލަށް ގޮސްގެންކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ތެޔޮ ބޯޓެކެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.
