ސުއްކަތުރާގޭގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވެ، އަލިފާން ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން މަޢުލޫމާތު ދޭ ގޮތުގައި، މި ހާދިސާގެ ރިޕޯޓް ލިބުމާއެކު ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. ސިފައިން ކުރި މަސައްކަތުން މިހާރު ވަނީ އަލިފާން އެއްކޮށް ނިއްވާލެވިފައެވެ. އަދި މިވަގުތު އެގޭ ތެރޭގައި ހިފާފައި ހުރި ދުންތައް ބޭރުކުރުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ އެގޭގެ ބަދިގެއާއި ސިޓިންރޫމް ހިމެނޭ ސަރަހައްދުގައި ހުރި ކަބަޑެއްގެ ތިރީގައި ރޯވުމުގެ ސަބަބުންނެވެ.

މި ހާދިސާގައި އެގޭގެ ތެރޭގައި ހުރި މީހަކަށް ދުމުގެ އަސަރުކޮށްގެން، ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ. ނަމަވެސް، މި ހާދިސާގައި އިތުރު މީހަކަށް ސީރިއަސް ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.