2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާ ދިމާކޮށް، އެސްޓީއޯ ޖެނެރަލް ޓްރޭޑިން އިން "އެސްޓީއޯ ވޯލްޑް ކަޕް ފޯރި" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަންގެ ދަށުން، ގިނަ ބްރޭންޑްތަކެއްގެ ޓީވީ އާއި ޕްރޮޖެކްޓަރުން 28 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. އޭގެ ތެރޭގައި ފިލިޕްސް އާއި އެލްޖީ ބްރޭންޑުގެ ޓީވީ އަދި އިންފޯކަސް ބޮކްސްލައިޓް ޕްރޮޖެކްޓާ ހިމެނެއެވެ.
މި ޕްރޮޑަކްޓްތަކުން 500ރ. އިން މަތިން ވިޔަފާރިކޮށްގެން ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށާއި، ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް ދެ ބޭފުޅެއްގެ ފަސް ދުވަހުގެ މެލޭޝިއާ ދަތުރެއް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
ރީޓެއިލް ކަސްޓަމަރުންގެ އިތުރުން ހޯލްސޭލް ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަނުން އަގުހުރި އިނާމުތަކެއް ލިބޭނެއެވެ. ހޯލްސޭލް ކަސްޓަމަރުންނަށް 3000ރ. އިން މަތީގެ ވިޔަފާރިކޮށްގެން ބައިވެރިވެވޭ އިރު، ކޮންމެ 3000ރ. ގެ އިންވޮއިސްއަކަށް ކޫޕަނެއް ލިބޭނެއެވެ.
އަދި ހޯލްސޭލް ކަސްޓަމަރުންގެ ތެރެއިން ހޮވޭ ނަސީބުވެރި ތިން ފަރާތެއްގެ ތެރެއިން އެއް ވަނައަށް 30,000ރ. ދެ ވަނައަށް 20,000ރ. އަދި ތިން ވަނައަށް 10,000ރ. ގެ ޕްރޮޑަކްޓް ލިބޭނެއެވެ. މީގެ އިތުރުން ކޮންމެ ހަފުތާއަކު ވޯލްޑް ކަޕާ ގުޅޭ އެކި ހަރަކާތްތަކުން ތަފާތު އިނާމު ހޯދުމުގެ ފުރުސަތު ވެސް ކަސްޓަމަރުންނަށް ލިބޭނެއެވެ.
މި ޕްރޮމޯޝަންގެ މައިގަނޑު މަގްސަދަކީ އާއިލާއާ އެކު އެއް މާހައުލެއްގައި ހިތްހަމަޖެހިލައިގެން ވޯލްޑް ކަޕް ބެލުމުގެ ފުރުސަތު ހޯދައިދިނުމެވެ. ޕްރޮމޯޝަން ކުރިއަށްދާނީ 12 ޖުލައި 2026 ގެ ނިޔަލަށެވެ. އެސްޓީއޯ ޕީޕަލްސް ޗޮއިސް މާލެ އާއި ހުޅުމާލޭގެ އިތުރުން ރީޖަނަލް އައުޓްލެޓްތަކުގައި ވެސް މި ޕްރޮމޯޝަން ކުރިއަށްދާނެ ކަމަށް ވެއެވެ.
