ހައްޖުގެ މުގައްދަސް އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ދާ އަޅުވެރިންނާއި، ރާއްޖޭގައި ތިބި އެމީހުންގެ އާއިލާތަކާއި ލޯބިވާފަރާތްތަކާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށްދިނުމުގެ މަގްސަދުގައި އޫރީދޫ މޯލްޑިވްސްއިން ހާއްސަ އިންޓަނޭޝަނަލް ޑައިރެކްޓް ޑައިލިންގް (އައިޑީޑީ) ރޭޓްތަކެއް އިއުލާންކޮށްފިއެވެ.

އަލަށް ތައާރަފުކުރި އޮފާތަކާއެކު، ސައުދީ އަރަބިއްޔާއަށް ގުޅުމަށް ހަތަރު ހަފުތާގެ މުއްދަތަށް 150 މިނެޓް ބޭނުންކުރެވޭ ހާއްސަ އައިޑީޑީ ޕެކޭޖުތައް ކަސްޓަމަރުންނަށް އިހުތިޔާރު ކުރެވޭނެއެވެ. މި ޕެކޭޖުތައް ފަރުމާކޮށްފައިވަނީ ހައްޖުގެ އަޅުކަން އަދާކުރަމުންދާ އާއިލާ އާއި ރައްޓެހިންނާ ފަސޭހަކަމާއެކު އަދި އަގުހެޔޮކޮށް ގުޅުން ބަދަހިކުރަން ބޭނުންވާ ކަސްޓަމަރުންނަށް ލުއިފަސޭހަކަން ހޯދައިދިނުމަށް ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

އުރީދޫއިން ތައާރަފުކޮށްފައިވާ ޕެކޭޖްތަކަކީ

  • 100 ރުފިޔާއަށް 30 މިނެޓު
  • 250 ރުފިޔާއަށް 75 މިނެޓު
  • 500 ރުފިޔާއަށް 150 މިނެޓު

އުރީދޫ އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު މި ޕެކޭޖުތައް އެކްޓިވޭޓް ކޮށްލެވޭއިރު މި ހުރިހާ ޕެކޭޖުތަކުގެ މުއްދަތަކީ 4 ހަފުތާއެވެ.

މި އޮފާތައް ތައާރަފުކުރުމާ ގުޅިގެން، އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު، ހުސައިން ނިޔާޒު ވިދާޅުވީ ހައްޖަކީ ދިވެހިރާއްޖޭގެ ގިނަ އާއިލާތަކަކަށް ވަރަށް މުހިންމު ވަގުތެއް ކަމަށެވެެ. އަދި މި ދަތުރުގައި ތިމާގެ ލޯބިވާ މީހުންނާ ގުޅުން ބަދަހިކޮށް ބެހެއްޓުމަކީ ނުހަނު ބޭނުންތެރި ކަމެއްކަން ފާހަގަކޮށް އޭނާ ވިދާޅުވީ މި ހާއްސަ އައިޑީޑީ އޮފާތަކުގެ ބޭނުމަކީ ގުޅުން ބަދަހިކުރުން އިތުރަށް ފަސޭހަކޮށް، އަގުހެޔޮކޮށްދިނުން ކަމަށެވެ. "މިއީ ކަސްޓަމަރުންގެ ހެޔޮ ދުއާތަކާއި، އެކި ވަގުތުތަކާއި، ހަނދާންތައް އެންމެ ގާތް ފަރާތްތަކާ ހިއްސާކުރުމަށް އެހީތެރިވެދޭނެ އޮފާތަކެއް." ނިޔާޒު ވިދާޅުވިއެވެ.

އުރީދޫން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އެއްވެސް މެދުކެނޑުމެއްނެތް ގުޅުންތަކާއި މާނަވީ ތަޖުރިބާތަކުގެ އެހީގައި، ކަސްޓަމަރުންގެ ދިރިއުޅުން މުއްސަނދިކޮށްދޭނެ އުފެއްދުންތަކާއި ހިދުމަތްތައް ތައާރަފުކުރުމަށްކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.