އުރީދޫ މޯލްޑިވްސްއިން މުޅި އަހަރަށް ބަހާލައިގެން ކުރިއަށްގެންދާ 'ހިނގާ' އޭޓީވީ ޕްރޮމޯޝަންގެ ދެވަނަ ނަސީބުވެރިޔަކަށް ކ. މާލެ، ވަރުދާ އަހްމަދު ހޮވިއްޖެއެވެ.

މި ޕްރޮމޯޝަނަކީ އުރީދޫގެ ކަސްޓަމަރުން އެ ކުންފުނީގެ ހިދުމަތްތައް ބޭނުންކުރާ މިންވަރަށް ބަލައި، އެ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކުރިއަށްގެންދާ ހާއްސަ ހަރަކާތެކެވެ. 2026 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ ހަ އޭޓީވީ ދިނުމަށް ހަމަޖެހިފައިވާ މި ޕްރޮމޯޝަންގައި، ވަރުދާ އަކީ މިހާތަނަށް އޭޓީވީ ކާމިޔާބުކުރި ދެވަނަ ނަސީބުވެރިޔާއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 20ވަނަ ދުވަހު ފެށި މި ޕްރޮމޯޝަން މިއަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި މުއްދަތުގެ ތެރޭގައި ކޮންމެ ދެ މަހަކުން އެއްފަހަރު ގުރުއަތުލުން ބާއްވައި، ކޮންމެ ފަހަރަކު ވެސް އެއް ކަސްޓަމަރަކަށް އޭޓީވީއެއް ހަދިޔާކުރަން ހަމަޖެހިފައިވާކަމަށް އުރީދޫއިން ހާމަކޮށްފައިވެއެވެ. އެހެންކަމުން، ޕްރޮމޯޝަން ނިމުމުގެ ކުރިން އަދި އިތުރު 4 އޭޓީވީ ނަސީބުވެރިންނަށް ދޫކޮށްލުމަށް ވަނީ ހަމަޖެހިފައެވެ.

މި ގުރުއަތުލުމުގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫގެ މޮބައިލް (ޕްރިޕެއިޑް ނުވަތަ ޕޯސްޓްޕެއިޑް)، ސުޕަނެޓް، ފަސޭހަ، ނުވަތަ 5ޖީ އެއާ ފައިބާ ހިދުމަތް ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށް ވަނީ ހުޅުވާލެވިފައެވެ. ގުރުއަތުގައި ބައިވެރިވެވޭނީ ގުރުއަތުލުމުގެ ކުރިން އަންނަ 60 ދުވަހުގެ ތެރޭގައި، މަހަކު މަދުވެގެން 400 ރުފިޔާ އުރީދޫގެ ހިދުމަތްތަކަށް ހަރަދުކޮށްފައިވާ ކަސްޓަމަރުންނަށެވެ. މީގެ އިތުރުން، ގުރުއަތުލާ ދުވަހާ ހަމައަށް ކަސްޓަމަރުގެ ހިދުމަތް އެކްޓިވްކޮށް ހުރުމަކީ ލާޒިމްކަމެކެވެ.

އުރީދޫ މޯލްޑިވްސްއިން ބުނި ގޮތުގައި، މިހާރު އުރީދޫ ބޭނުންކުރާ ކަސްޓަމަރުންގެ އިތުރުން މި މުއްދަތުގައި އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ކުރިން އޭޓީވީ ލިބިފައިވާ ނަސީބުވެރިންނަށް ވެސް، އެންމެ ފަހުން ބާއްވާ 'ގްރޭންޑް ޕްރައިޒް' (6 ވަނަ ގުރު) ގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިފަދަ އިނާމުތަކާއެކު އުރީދޫއިން މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެ ކުންފުނީގެ ކަސްޓަމަރުންނަށް އިތުރު ފައިދާއާއި އުފާވެރިކަން ގެނެސްދީ، ކަސްޓަމަރުން ބަހައްޓާ ގާތްކަމަށް ޝުކުރު އަދާކުރުމަށެވެ.