ވޮލެޓެއް ވަގަށް ނެގި މީހަކު ހޯދަައިދިނުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ފުލުހުން ބުނީ، ވިލިމާލެ ފެރީ ޓާމިނަލް ކައިރިއަށް ވޮލެޓެއް ވެއްޓިފައިވަނިކޮށް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަމުންދާ ކަމަށެވެ. އަދި އޭނާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ އެމީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފައި ނުވެއެވެ.

ނަމަވެސް އޭނާ ހޯދައިދިނުމަށް ފުލުހުން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.

އެ މީހާ ވިލިމާލެ ފެރީ ޓާމިނަލް ކައިރީ އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއްވެސް އާންމުކޮށްފައި ވެއެވެ.

އެހެންކަމުން ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ މާފަންނު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރުމަށް ވަނީ އެދިފައެވެ.