ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެއެވެ.

ސްޓެލްކޯއިން ބުނީ، ކަރަންޓު ކެނޑިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ސްޓެލްކޯއިން ހާމަކޮށްފައި ނުވެއެވެ.

މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކޮށް ސްޓެލްކޯއިން ވަނީ ދިމާވާނެ ދަތިތަކަށް މާފަށް އެދިފައެވެ.

ހުސްވި ހަފްތާގައި މާފަންނުން ވެސް ކަރަންޓު ކެނޑިފައި ވެއެވެ. މިދިޔަ އަންގާރަ ދުވަހު ދެ ފަހަރެއްގެ މަތިން ކަރަންޓު ގޮސްފައިވާއިރު އެ ދުވަހު ފުރަތަމަ ކަރަންޓު ކެނޑުނީ 11:15 ހާއިރުއެވެ. އެ ވަގުތު ކަރަންޓުގެ ހިދުމަތް ކެނޑިފައި މާގިނަ އިރުތަކެއް ނުވެ އެ މައްސަލަ ހައްލުކރުި ނަމަވެސް މެންދުރު ފަހު 2:50 ހާއިރު އަނެއްކާ ވަނީ މާފަންނުގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައެވެ.

އަދި އެފަހަރު ކަރަންޓު ނުލިބި 2 ގަޑިއިރަށްވުރެ ގިނަ ވަގުތު ނެގިއެވެ.