އިއްޔެ ކުރިއަށް ދިޔަ އިންތިހާބުގައި ރާއްޖޭގެ ފަސް ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ ރައީސުުންގެ ގޮނޑިވެސް އިދިކޮޅު (އެމްޑީޕީ)ގެ ކެންޑިޑޭޓުން ކާމިޔާބުކޮށްފިއެވެ.

އިންތިހާބުގައި މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތައް ދައްކާގޮތުން، މާލެ އާއި ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދު އާއި ފުވައްމުލައް އަދި އައްޑޫ ސިޓީގެ ޑަބްލިއުޑީސީގެ ރައީސް މަގާމު ވެސް އެމްޑީޕީން ވަނީ ކާމިޔާބުކޮށްފައެވެ. އެގޮތުން މާލެ ސިޓީގެ ގޮނޑި އައިޝަތު ރީޝާ ކާމިޔާބުކުރީ މި އިންތިހާބުގައި ވަރަށް ވާދަވެރި ކެމްޕެއިނެއް ކޮށް ޕީއެންސީގެ ކެންޑިޑޭޓް އައިޝަތު އަލައިކާ ބަލިކުރުމަށްފަހުއެވެ.

މީގެ އިތުރުން އައްޑޫ ޑަބްލިއުޑީސީގެ ރައީސްގެ މަގާމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ފާތިމަތު ހިޖުރާ ހޮވިފައިވާއިރު މިއީ މި އިންތިހާބުގައި އެންމެ ތަފާތު ސޯޝަލް މީޑިއާ ކެމްޕެއިން ކުރި ކެންޑިޑޭޓެވެ. މި އިންތިހާބުގައި ފުވައްމުލަކު ޑަބްލިއުޑީސީގެ ރައީސްގެ މަގާމަށް ހޮވުނީ މަރިޔަމް ޝިއުނާ އެވެ. އަދި ތިނަދޫ ސިޓީ ގެ ގޮނޑި ކާމިޔާބުކުރީ މަރިޔަމް ޝަރޫނާއެވެ. ކުޅުދުއްފުށި ސިޓީގެ ގޮނޑި ކާމިޔާބުކުރީ އައިމިނަތު އިބްރާހީމްއެވެ.

ޑަބްލިޔުޑީސީގެ ރައީސްކަން އެމްޑީޕީއަށް ލިބުނުއިރު ފަސް ސިޓީގެ މޭޔަރުކަމުގެ ގޮނޑި ވެސް ލިބިފައި ވަނީ މިދިޔަ ދައުރުގައި ވެސް ފުރުއްވި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންނަށެވެ. މި އިންތިހާބުގައި އެމްޑީޕީން ބޮޑު މެޖޯރިޓީއެއް ހޯދާފައިވާއިރު ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ފިޔަވައި އެހެން ހުރިހާ ސިޓީއެއްގެ ރައީސުންގެ ގޮނޑިއެއް ވެސް އެމްޑީޕީން ކާމިޔާބުކުރީ ތަފާތު ބޮޑުކޮށެވެ.