އައްޑޫ ސިޓީގެ ހިތަދޫ ހިއްކި ސަރަހައްދުގައި ހިނގި އެކްސިޑެންޓެއްހައި ކާރެއް ފުރޮޅާލައި ޑްރައިވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، އަައްޑޫ ސިޓީ ހިތަދޫ ހިއްކި ސަރަހައްދުގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް ފުރޮޅާލައި އެކްސިޑެންޓް ވެފައިވާކަމުގެ މައުލޫމާތު މިއަދު ހަވީރު 4:50 ހާއިރު ރިޕޯޓްކޮށްފައި ވާ ކަމަށެވެ.
މި ހާދިސާ ހިނގިއިރު ކާރުގައި ތިބި ހަތަރު މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ އިރު، އޭގެ ތެރެއިން ކާރު ދުއްވި ޑްރައިވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަނިޔާވި އެންމެންނަށް މިހާރު ދަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ކަމަށް ވެސް ފުލުހުން ބުނެއެވެ.
އެ މީހުންނަށް ލިބުނު އަނީޔާގެ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ. ނަމަވެސް އެކްސިޑެންޓްވި ކާރަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
