ބަތާއެކު ނުވަތަ އެހެން އެއްޗަކާއެކު ކާލާނެ ސައިޑް ޑިޝްއެއްގެ ރެސިޕީއެއް ނޭނގުނީ ހެއްޔެވެ؟ މިއަދު މި ގެނެސްދެނީ އަލުވި އަދި ކުކުޅު ކަމުދާ ފަރާތްތަކަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ސައިޑް ޑިޝްއެއް ކަމަށްވާ 'ޗިކަން އެންޓް ޕޮޓޭޓޯ ބައިޓްސް' އެވެ.

ޑައިޓްގައި އުޅޭ ފަރާތެއް ނަމަ ޗީޒް ބޭނުން ނުކޮށް މި ރެސިޕީ ތައްޔާރު ކޮށްލެވޭނެއެވެ. އަދި ރެސިޕީ އިތުރަށް ފުރިހަމަ ކޮށްލަން ބޭނުންނަމަ ކެރެޓު ނޫންނަމަ ބްރޮކޮލީ ފަދަ އިތުރު ތަރުކާރީއެއްވެސް ބޭނުން ކޮށްލެވިދާނެއެވެ.

ބޭނުންވާ ތަކެތި:

  • ކުކުޅު މަސް (ކިއުބްކޮށް ކޮށާފައި)
  • ޕެރީ ޕެރީ ސީސަނިންގް
  • ކާޖުން ސީސަނިންގް
  • ރީނދޫ
  • ލޮނު
  • ހެވީ ކްރީމް
  • އަލުވި (ކިއުބްކޮށް ކޮށާފައި)
  • ޗީޒް

ތައްޔާރުކުރާން ގޮތް:

އެންމެ ފުރަތަމަ ކުކުޅު މަސް ތަކުގެ ތެރެއަށް ޕެރީ ޕެރީ ސީސަނިންގް، ކާޖުން ސީސަނިން އަދި ރީނދޫ އެޅުމަށްފަހު އެއްކޮށްލާށެވެ. ދެން ތަވަޔަކަށް ތެޔޮ އަޅާ ހޫނު ކުރުމަށްފަހު ކުކުޅާއި ލޮނު އަޅާ ރޯފިލުވާލަންދެން ކައްކާލާ އަދި ރޯފިލުމުން ހެވީ ކްރީމް އަޅާ ކައްކާލާނީއެވެ.

ޗިކަން އެންޑް ޕޮޓޭޓޯ ބައިޓްސް ތައްޔާރުކުރުމަށް ބޭނުންވާ އަލުވި ކޮށަނީ

އަލުވީގެ ތެރެއަށް ޕެރީ ސީސަނިންގް، ކާޖުން ސީސަނިން އަދި ރީނދޫ އެޅުމަށްފަހު އެއްކޮށްލާ އަދި ތަވަޔަކަށް އަޅާ ރަތްވަންދެން ކައްކާލުމަށްފަހު ކުރިން ކެއްކި ކުކުޅު ތެރެއަށް އަލުވި އަޅާ އެއްކޮށްލުމަށްފަހު މައްޗަށް ގާނާފައި ހުރި ޗީޒް އަޅާ މެލްޓް ކޮށްލާ