ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި ބައިނަލްއަގްވާމީ ޖަމުޢިއްޔާތަކުގެ އިސްބޭފުޅުންނަށް ރޯދަވީއްލުމެއް ދެއްވައިފިއެވެ.
މުލީއާގޭގައި މިއަދު ބޭއްވެވި މި ރޯދަވީއްލުމަށް ވަޑައިގެންނެވި އިއްޒަތްތެރިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ރޯދަ މަހުގެ ތަހުނިޔާ ދަންނަވައި، އިހްތިރާމް އަދާކުރައްވާފައެވެ.
މިކަމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި ބައިނަލްއަގްވާމީ ޖަމުޢިއްޔާތަކުގެ އިސްބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކޮންމެ އަހަރަކު ދެއްވާ ރޯދަ ވީއްލުމަކީ ޑިޕްލޮމެޓިކް ގުޅުންތައް އިތުރަށް ހަރުދަނާކޮށް، ދޭދޭ ގުޅުންތައް ފުޅާކޮށް، ސަގާފީ އަދި ދީނީ ކަންކަމުގެ ތެރެއިން ގުޅުންތައް ހަރުދަނާކުރުމުގެ ގޮތުން ކުރިއަށް ގެންދެވޭ ހަރަކާތެއްކަމަށެވެ.
