ފ އަދި ދ އަތޮޅަށް ފެށި ހިލޭ އާރުޓީއެލް ފެރީ ދަތުރުތައް މާދަމާ އަށް ނިންމައި، ފެޓީ ޓިކެޓް ނަގައިގެން ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖެހިފައިވާކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

ފ އަދި ދ އަތޮޅަށް އާރްޓީއެލް ހިދުމަތް ފެށުމަށްފަހު، އަޖުމަ ބެލުމުގެ ގޮތުން ހިލޭ ދަތުުރުތައް ހަމަޖައްސާފައިވަނީ އެއް ހަފްތާގެ މުއްދަތަކަށެވެ. އެގޮތުން މިމުއްދަތު މާދަމާގެ ނިޔަލަށް ހަމަވާނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. މިއާއެކު، މިހަފްތާގެ ބުދަ ދުވަހުން ފެށިގެން، ފ އަދި ދ އަތޮޅުގެ އާރްޓީއެލް ފެރީގައި ދަތުރުކުރުމަށް ބޭނުންވާ ކަސްޓަމަރުންނަށް ދަތުރުކުރެވޭނީ ޓިކެޓް ބައްލަވައިގަތުމުންކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އާރްޓީއެލް ފެރީގެ ހިދުމަތް ހޯދުމަށް އެކަމަށް ހާއްސަ އާރްޓީއެލް ވެބްސައިޓް އަދި އާރްޓީއެލް ޓްރެވެލް އެޕް މެދުވެރިކޮށް ފަސޭހަކަމާއިއެކު ޓިކެޓް ގަނެވޭނެ އިންތިޒާމްތައް ވަނީ ހަމަޖެހިފައެވެ.

ފ އަތޮޅުގެ އާރްޓީއެލް ފެރީގެ ހިދުމަތުގެ އަގުތަކަށް ބަލާލާއިރު:

  • ފ. ނިލަންދޫ އިން ފ. މަގޫދޫއަށް 35 ރުފިޔާ
  • ފ. ނިލަންދޫ އިން ފ. ދަރަނބޫދޫއަށް 35 ރުފިޔާ
  • ފ. މަގޫދޫ އިން ފ. ދަރަނބޫދޫއަށް 35 ރުފިޔާ

ދ އަތޮޅުގެ އާރްޓީއެލް ފެރީގެ ހިދުމަތުގެ އަގުތަކަށް ބަލާލާއިރު:

  • ދ. ކުޑަހުވަދޫ އިން ދ. މީދޫއަށް 125 ރުފިޔާ
  • ދ. ކުޑަހުވަދޫ އިން ދ. ބަނޑިދޫއަށް 100 ރުފިޔާ
  • ދ. ކުޑަހުވަދޫ އިން ދ. މާއެނބުދޫއަށް 35 ރުފިޔާ
  • ދ. މީދޫއިން ދ. މާއެނބޫދޫ އަށް 100 ރުފިޔާ
  • ދ. މީދޫ އިން ދ. ބަނޑިދޫއަށް 35 ރުފިޔާ
  • ދ. ބަނޑިދޫއިން ދ. މާއެނބޫދޫ އަށް 70 ރުފިޔާ

އާރްޓީއެލް ހިދުމަތްތަކާއި ބެހޭގޮތުން އިތުރަށް މައުލޫމާތު ހޯދުމަށް 1650 އަށް ގުޅާލެވޭނެއެވެ.