ގިނަ ދިވެހީންނަކީ އާންމު ދިރިއުޅުމުގައި ވެސް ބިޒީ ދިރިއިޅުމެއް އުޅޭ ބަޔަކަށްވާއިރު ރޯދަ މަހު އެ ބިޒީކަން ދެގުނަ ވާ ކަހަލަ އިހުސާސެއް ކުރުވައެވެ. ސަބަބެއްވެސް ނެތިއެއް ނޫނެވެ. ދުވަހުގެ ގިނަ ވަގުތު ވަޒީފާ އަދާ ކުރުމަށްފަހު ރޯދަ ވީއްލާ ގަޑިއަށް ތައްޔާރު ކުރަންޖެހޭ ތަކެތި ގިނަވުމަކީ އަންހެނުންނަށް މިކަން އިހުސާސް ކުރުވާ އެއް ސަބަބެވެ. އެހެންކަމުން މިއަދު ގެނެސްދޭން މިއުޅެނީ އެ ބިޒީ ޝެޑިއުލް ކުޑަކޮށް ލުއި ކޮށްލެވޭނެ ފަދަ އަދި އަނގައަށް މީރު ބާވަތެއްގެ ކާނާއެވެ.

"ސްޓާ ފްރައިޑް ކެބެޖް"ގެ އަސްލު އައިސްފައި ވަނީ ޗައިނާއިންނެވެ. ނަމަވެސް މިއީ މިހާރު ދިވެހިންގެ ތެރޭގައި ވެސް އާންމުކޮށް ތައްޔާރުކުރާ ބާވަތަކަށްވާއިރު މި ރެސިޕީއަކީ ތައްޔާރު ކުރުމަށް މާ ގިނަ ބާވަތްތަކެއް އަދި މާގިނަ ވަގުތުތަކެއް ނުނަގާނެއެވެ.

ބޭނުންވާ ތަކެތި:

  • ކެބެޖް (ދިގުކޮށް ކޮށާފައި)
  • 4 ބިސް
  • ގްރީން އޮނިއަން
  • ލޮނުމެދު
  • ކެރެޓު (ދިގުކޮށް ކޮށާފައި)
  • ލޮނު
  • ސޯޔާ ސޯސް
  • ޗިކަން ބުއިލަން
  • އޮޔިސްޓާ ސޯސް
  • ތެޔޮ

ތައްޔާރު ކުރާނެ ގޮތް:

ތެއްޔަކަށް ތެޔޮ އެޅުމަށްފަހު 4 ބިސް ސްކްރޭމްބަލް ކޮށްލުމަށްފަހު އެއްކައިރީގައި ބަހައްޓާނީއެވެ. އެއަށްފަހު ހަމަ އެ ތެއްޔަށް އިތުރު ތެޔޮ ފޮދެއް އެޅުމަށްފަހު ލޮނުމެދު އަދި ގްރީން އޮނިއަން އެޅުމަށްފަހު ކައްކާލާށެވެ.

ސްޓާ ފްރައިޑް ކެބެޖް ތައްޔާރު ކުރުމަށް 4 ބިސް ސްކްރޭމްބަލް ކުރަނީ

މިނެޓެއްހާއިރު ކެއްކުމަށްފަހު ކެބެޖު، ކެރެޓު އަޅާލާ އަދި އެއްކޮށްލުމަށްފަހު ލޮނު ސޯޔާ ސޯސް އޮޔިސްޓާ ސޯސް، ޗިކަން ބުއިލަން އެއްކޮށްލުމަށްފަހު ވަޅޯ ވެލަންދެން ކައްކާލާނީއެވެ. އެރުން އެހެރީ ސްޓާ ފްރައިޑް ކެބެޖް ތައްޔާރުކުރެވިފައެވެ. މިއީ އެ މީހަކު ބޭނުންނަމަ މެއިން ކޯސް ނުވަތަ ސައިޑް ޑިޝްއެއްގެ ގޮތުގައި ވެސް ބޭނުންކޮށްލެވިދާނެ ކާނާގެ ބާވަތަކެވެ. އަދި ބޭނުން ނަމަ ބޭނުންވައްތަރެއްގެ މަހެއް ވެސް ބޭނުންކުރެވިދާނެއެވެ.