ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިަކަމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީން އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރި މަސައްކަތަކަށް ފައިސާ ނުދެއްކި މައްސަލައިގައި އެމްޑީޕީ ސަރުކާރުން ހެދި ސެޓްލްމަންޓް އެއްބަސްވުމާ އެއްގޮތަށް މި ސަރުކާރުން ފައިސާ ނުދެއްކުމުން މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.
ރައީސް ޔާމީންގެ ވެރި ކަމުގައި ތ. ވޭމަންޑު އާއި ޅ. ނައިފަރުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރަން 2017 ވަނަ އަހަރު ހަވާލުކުރި އެލްއީ ޓްރިވޭނީ ޖޭވީ ކުންފުންޏަށް އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުލިބުނު މައްސަލައިގައި ވަނީ އާބިޓްރޭޝަންގެ ނޯޓިސް ފޮނުވާފައެވެ. އަދި އިންޑިއާގެ ނިއު ދިއްލީގެ ހައި ކޯޓަށް މައްސަލަ ހުށަހަޅާފައި ވާއިރު ދިވެހި ސަރުކާރުން ވަނީ އެ ކުންފުންޏާ އެކު އާބިޓްރޭޝަނުން ބޭރުން މައްސަލަ ހައްލުކުރަން ގިނަ މަޝްވަރާތަކެއް ކޮށްފައެވެ.
އެގޮތުން އެމްޑީޕީ ސަރުކާރުގައި ސެޕްޓެމްބަރު 24، 2023 ގައި ވަނީ ސެޓްލްމަންޓް އެއްބަސްވުމެއް ހަދާފައެވެ. މި އެއްބަސްވުން ހަދާފައި ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމ ބުރުގެ ވޯޓަށް ފަހުއެވެ.
އެ އެއްބަސްވުމުގެ ދަށުން، އިންޑިއާގެ ހައި ކޯޓުގައި އޮތް މައްސަލަ އެެއް މަސް ދުވަސް ތެރޭ ނަގަން އިންޑިއާ ކުންފުނިން އެއްބަސް ވިއެވެ. އަދި ކޯޓުން މައްސަލަ ނަގާތާ 15 ދުވަހުގެ ތެރޭ ބަދަލުގެ ގޮތުގައި 648،508 ޑޮލަރު ދޭން އޭރުގެ ސަރުކާރުން އެއްބަސްވިއެވެ.
އެގޮތުގެ މަތިން އިންޑިއާ ކޯޓުގައި އޮތް މައްސަލަ ނަގައި، އެކަން ދިވެހި ސަރުކާރަށް އޮކްޓޯބަރު 29، 2023 ގައި ވަނީ އެ ކުންފުނިން އަންގާފައެވެ. ހަމައެއާއެކު ފައިސާ ދައްކަން ހަނދާންކޮށްދީ ސަރުކާރަށް އެތައް ސިޓީއެއް އަދި އީމެއިލްތަކެއް ފޮނުވާފައިވީ ނަމަވެސް، މިހާތަނަށް ވެސް އެއްވެސް ފައިސާއެއް ދައްކާފައިނުވާ ކަމަށް ބުނެ އެ ކުންފުންިން ވަނި މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ.
އެ ކުންފުނިން ސިވިލް ކޯޓަސް ުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ސެޓުލްމަންޓް އެއްބަސްވުމުގެ ދަށުން އެއްބަސްވެފައިވާ ބަދަލުގެ ފައިސާ ހައުސިން މިނިސްޓްރީން ދައްކަން އަމުރުކޮށް ދިނުމަށެވެ. އޭގެއިތުރުން، އިންޓްރަސްޓް ގޮތުގައި އަރާފައިވާ ފައިސާ އާއި ޝަރީއަތުގެ ހަރަދު ނަގައިދިނުމަށް ވެސް ދައުވާކޮށްފައި ވެއެވެ. ސިވިލް ކޯ
