އުރީދޫ މޯލްޑިވްސްއިން ދެމުންދާ ފައިބާ އިންޓަނެޓު "ސުޕާނެޓު" ނަގައިގެން ސްމާޓާ ހޯމް ޑިވައިސްއެއް ލިބޭ ޕްރޮމޯޝަނެއް ތައާރަފްކޮށްފިއެވެ.

އުރީދޫއިން ބުނީ މި ލިމިޓެޑް ޓައިމް ޕްރޮމޯޝަންގެ ދަށުން އަންލިމިޓެޑް ސުޕާނެޓް ޕްލޭންތައް އެކްޓިވޭޓް ކުރާ ކަސްޓަމަރުންނަށް އިންޓެލިޖެންޓް ހޯމް މޮނިޓަރިން ސޮލިއުޝަންސް އާއި އިތުބާރު ހިފޭ ހައި-ސްޕީޑް އިންޓަނެޓް އެކުލެވިގެންވާ ހިލެ އީޒެޑްވިޒް ސްމާޓް ސެކިއުރިޓީ ޑިވައިސްތައް ލިބޭނެ ކަމަށެވެ.

އެއީ:

  • ސުޕާނެޓް 40 އެމް ނަގާ ކަސްޓަމަރުންނަށް ހިލޭ އިންޑޯ އީޒެޑްވިޒް ކެމެރާއެއް
  • ސުޕާނެޓް 50 އެމް އާއި އެއަށްވުރެ މަތިން ނަގާ ކަސްޓަމަރުންނަށް ހިލޭ އިންޑޯ އީޒެޑްވިޒް ކެމެރާ އާއި އީޒެޑްވިޒް ކްލައުޑް ސްޓޯރޭޖް

ސުޕާނެޓް ފައިބާ ބްރޯޑްބޭންޑާއެކު އުފައްދާފައިވާ މި ސްމާޓް ހޯމް އޮފާ ފަރުމާކޮށްފައި ވަނީ މެދުނުކެނޑި ހައި ސްޕީޑް އިންޓާނެޓްގެ އެހީގައި ސްމާޓް ޑިވައިސްތައް އެންމެ ފުރިހަމައަށް ބެނުންކުރެވޭނެ ގޮތަށް ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

އުރީދޫއިން ބުނީ މި ހަރަކާތަކީ އުރީދޫ މޯލްޑިވްސްއިން މުވާސަލާތީ ވަސީލަތްތަކާއި ޑިޖިޓަލް ސޮލިއުޝަންތައް އެއްކޮށްލައި އާންމު ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް އުރީދޫ މޯލްޑިވްސްއިން ކުރަމުން އަންނަ މަސައްކަތް ރަމްޒުކޮށްދޭ ހަރަކާތެއް ކަމަށެވެ.