އެމްޕީއެލްއާ ދިމާލު ބޭރުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި ޖުމްލް 6 މީހަކަށް އަނިޔާވެފައިވާއިރު އޭގެތެރެއިން ބިދޭސީއަކު ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މާލެ އެމްޕީއެލްއާ ދިމާލު، ބޭރުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލާފައި ވަނީ މިއަދު މެންދުރު ފަހު 3:44 ހާއިރު އެވެ.
މި ހާދިސާއާ ގުޅިގެން އެންމެ ފަހުން ފުލުހުން ހިއްސާ ކުރި މައުލޫމާތުގައި ބުނީ، މި ހާދިސާގައި ޖުމްލަ 6 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 2 ބިދޭސީންނާއި 4 ދިވެހިންނެވެ. އަނިޔާވި މީހުންގެ ތެރެއިން ބިދޭސީއެއްގެ ހާލު ސީރިއަސްވެ ފަރުވާ ދެމުންދިޔަ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ. އަދި މިހާރު އެ ބިދޭސީ މީހާ ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މިހާދިސާގައި އނަިޔާވި މީހުންނަށް އައިޖީއެމްއެޗަށް ގެންގޮސްށް ދަނީ ފަރުވާ ދެމުންނެވެ. އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
އެ ކޮޅުވެއްޓި ބަންޑުން ޖަހާލި އިރު އޭގައި ތިބީ 14 މީހުންނެވެ. އެ އެންމެން ވެސް ވަނީ ސަލާމަތްކޮށްފައެވެ.
