އައްޑޫ ސިޓީ ހިތަަދޫގެ ގެއެއް ތެރޭގައި ދެމަފިރިއަކު ނިޔާވެފައި އޮތްވާ ފެނިއްޖެއެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީގެ ހިތަދޫ ގެއެއްގެ ތެރޭގައި ދެ މީހަކު މަރުވެފައި އޮތް މައްސަލައެއް އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. އަދި އެއީ އަންހެނަކާއި ފިރިހެނެއްކަން ފާހަގަކޮށް ފުލުހުން އިތުރަށް ބުނީ އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި މަރުވެފައި ތިބީ ދެމަފިރިއެކެވެ.
އަދި އެ ދެ މީހުންގެ ހަށިގަނޑު މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
އެއީ ހިތަދޫ ޓޫރިޒަމް ސަރަހައްދާ ކައިރީގައި ހުންނަ ގެއަކަށްވާއިރު އެ ގެއަށް އެ މީހުން ބަދަލުވީ ވަރަށް ފަހުން ކަމަށް މި ނޫހަށް ވަނީ އެނގިފައެވެ. ނަމަވެސް އެ މަރާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައި ނުވެއެވެ.