އުރީދޫ ވެލިއު ޕްލަސް ޕެކާއެކު 100ޖީބީ އެންމެ 150ރ އަށް ލިބޭ ހާއްސަ އޮފާއެއް ފަށައިފިއެވެ.
އުރީދޫ އިން ބުނީ އުރީދޫ އެޕް މެދުވެރިކޮށް މި ޕެކް އެކްޓިވޭޓު ކުރެވޭނެކަމަށާއި، މި ޕެކަކީ 100ޖީބީގެ ޑޭޓާ 150ރ އަށް ލިބޭ ހާއްސަ ޕެކެއް ކަމަށެވެ.
އުރީދޫ އިން ބުނީ މިއީ ގޭމު ސްޓްރީމް ކުރުމަށާއި، ސިސްޓަމް އަޕްޑޭޓު ކުރުމުގެ އިތުރުން ގިނަ ޑޭޓާ ހަރަދުކުރަން ޖެހޭ ކަންކަމަށް ވަރަށް ރަނގަޅު އޮފާއެއް ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި އުރީދޫ އިން އަންނަނީ އުރީދޫގެ ކަސްޓަމަރުންނަށް ތަފާތު އެކި ވައްތަރުގެ އޮފާތަކާއި ފުރުސަތުތައް ފަހިކޮށްދެމުންނެވެ. އެގޮތުން އުރީދޫގެ 20 ވަނަ އަހަރީ ދުވަހާއި ގުޅިގެން ވެސް ވަނީ ތަފާތު 4 އޮފާއެއް ކަސްޓަމަރުންނަށް ދީފައެވެ.
އެގޮތުން ލިވް އަންލިމިޓެޑް ކެމްޕެއިންގެ ދަށުން އުރީދޫގެ ކޮންމެ ހިދުމަތަކަށް 250 ރުފިޔާ ނުވަތަ އެއަށްވުރެ ބޮޑު ހޭދައެއް ކުރާ ކަސްޓަމަރުންގެ މެދުގައި ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭ ލަކީޑްރޯއެއް ނަގަމުން އަންނަ އިރު، 20 ޕަސެންޓް ބޯނަސް ޑޭޓާވެސް ވަނީ ދީފައެވެ.
މީގެއިތުރުން އަހަރީ ދުވަހާއި ގުޅުވާ އެމް-ފައިސާގެ އޮފާއެއްވެސް ދީފައިވާއިރު މި އޮފާގެ ދަށުން ކަސްޓަމަރުންނަށް ވަނީ ފުޑީސްއިން ކުރާ އޯޑަރުން 5 ޕަސެންޓުގެ ޑިސްކައުންޓެއް ދީފައެވެ.