ކީރިތި ގުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތުގެ ފަހުރުވެރި ރަންވަނަތައް ފާތިމަތު ޝާޔާ ޒާހިރު، އައިޝަތު ޝަބާ އަދި އަހްމަދު ޝައިމް ރިޟާ ހޯދައިފިއެވެ.

މުބާރާތުން ރަންވަނަތަކަށް އިނާމުތައް ހަވާލުކޮށްދެއްވީ އެކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.

މުޅި މުބާރާތުން ހާފިޒުންގެ ގޮފިން:

  1. ފާތިމަތު ޝާޔާ ޒާހިރު - ތަދްރީސުލް ގުރުއާނުލް ކަރީމް
  2. އަބާން އިބްރާހީމް - އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ
  3. އިސްމާއީލް އިޒުއާން އިބްރާހީމް - ރެހެންދި ސްކޫލް

މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން:

  1. އަހްމަދު ޝައިމް ރިޟާ - ހައްދުންމަތީ އަތޮޅު ކައުންސިލް
  2. މުހައްމަދު ސާއީ މުބާރިކް - ސެންޓާ ފޯ ޒަމާނީ ގުރްއާން ކުލާސް
  3. އާކިފް ބިން އިބްރާހިމް މުހައްމަދު - ކެލާ ޔޫތު ފޯރަމް

މުޅި މުބާރާތުން ނުބަލައި ކިޔެވުމުގެ ގޮފިން:

  1. އާއިޝަތު ޝަބާ - މިލަދުންމަޑުލު އުތުުބުރީ އަތޮޅު ކައުންސިލް
  2. ފާތިމާ ބިންތު މުހައްމަދު - އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ
  3. އަރީކް ހާދީ މުހައްމަދު - ހިރާ ސްކޫލް

މުބާރާތުގައި ބައިވެރިވި މުއައްސަސާތަކުގެ ތެރެއިން:

  1. އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ
  2. މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް
  3. ފާދިއްޕޮޅު އަތޮޅު ކައުންސިލް

މި އަހަރުގެ ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރަތުން ރަންވަނަތަކަށް ހާސިލްކުރި ބައިވެރިންނަށް ވަނީ އަގުހުރި އިނާމުތަކެއް ދީފައެވެ. އޭގެތެރޭގައި ރައީސްގެ ޝަރަފުގެ ފިލަޔާއި ރައީސް ދެއްވާ 1 ލައްކަ ރުފިޔާގެ ފައިސާގެ އިނާމާއި ރައީސް ދެއްވާ ހާއްސަ އިނާމުތަކާއި ބޭނުން ރޮނގަކުން ބޭނުން ގައުމަކުން ޕީއެޗްޑީއަށް ކިޔެވުމަށް ރައީސް ދެއްވާ ހާއްސަ ސްކޮލަޝިޕާއި ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒާއި މޯލްޑިވްސް ޒަކާތު ހައުސްއާއި އިސްލާމިކް ޑިވެލޮޕްމަންޓް ފަންޑު ހިމެނޭހެން އިސްލާމިކް މިނިސްޓްރީއިން ދޭ 75،000 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުމާއި ޓްރޮފީގެ އިތުރުން މޯލްވިސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ދެވުނު އުމްރާ ދަތުރު ހިމެނެއެވެ.

މި މުބާރާތުގައި 119 މުއައްސަސާއަކުން 1،037 ބައިވެރިން ވަނީ ވާދަކޮށްފައެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފީގައި 582 ބައިވެރިންނާއި ނުބަލައި ކިޔެވުމުގެ ގޮފީގައި 424 ބައިވެރިންގެ އިތުރުން ހާފިޒުންގެ ގޮފީގައި 31 ހާފިޒުންނެވެ.