ފުލުހުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައެއްގައި މީހަކު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް 2 އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ އާވާޒް / ޅ. ހިންނަވަރު، މުހައްމަދު ގާސިމް (30އ) ކަމަށެވެ.

އޭނާ ހޯދަމުން ދަނީ ހުޅުމާލެ އެލްސިއޯން ބޭކަރީގެ ކައުންޓަރުގައި ބޭނުންކުރާ ފޯނު ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށް އެ އިދާރާއިން ވަނީ މައުލޫމާތު ދީފައެވެ.

އެހެންކަމުން މުހައްމަދު ގާސިމްއާ ގުޅޭ މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ނަންބަރު 9393351 އަށް ގުޅާ ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އެލްސިއޯން ބޭކަރީއަކީ ގިނަ އަދަދަކަށް ތަފާތު ވައްތަރުގެ ކެއިންބުއިމަށް ބޭނުންވާތަކެތި އުފައްދާތަނެކެވެ. އޭގެ ތެރޭގައި ޕާނާއި ބަނަހާއި ތަފާތު ވައްތަރުގެ ޕޭސްޓްރީސް ހިމެނެއެވެ.

ވައްކަމާއި އެހެނިހެން މައްސަލަތަކުގައި މީހުން ހޯދުމަށް ފުލުހުން މީގެ ކުރިން ވެސް އާންމުންގެ އެހީތެރިކަމަށް އެދެއެވެ.