އުރީދޫ މޯލްޑިވްސްގެ ކްލަބް ޕްރިމިއާ ގޯލްޑް އަދި ޕްލެޓިނަމް މެންބަރުންނަށް ހިލޭ ޕްރިއޯރިޓީ ޕާސް މެންބާޝިޕްގެ ދަށުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 1300 އަށް ވުރެ ގިނަ އެއާޕޯޓް ލައުންޖްތަކަށް ވަނުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.
އުރީދޫ އިން ބުނީ މިއީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ދަތުރުތަކުގައި ލުއިފަސޭހަ އަދި ލަގްޒަރީ ގޮތްތަކެއް ފަހިކޮށްދީ، ލޯޔަލްޓީގެ އަގު ވަޒަން ކުރުމުގެ ގޮތުން ފޯރުކޮށްދޭ ހިދުމަތެއް ކަމަށެެވެ. .
ކްލަބް ޕްރިމިއާ ގޯލްޑް ނުވަތަ ޕްލެޓިނަމް މެންބަރެއްގެ ގޮތުގައި ތިން މަސް ދުވަސް ދެމިހުންނަ ފަރާތްތަކަށް ޕްރިއޯރިޓީ ޕާސް ނެގޭނެކަން ފާހަގަކޮށް އުރީދޫ އިން ބުނީ ޕްރިއޯރިޓީ ޕާސް އެކްޓިވޭޓް ކުރުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ލައުންޖުތަކަށް ވަދެވޭނެ ކަމަށެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލައުންޖް އެކްސެސް ކުރުމުގެ އިތުރުން، ކްލަބް ޕްރިމިއާ މެންބަރުންނަށް ރާއްޖޭގެ އެކި ކެފޭ، ރެސްޓޯރަންޓް، ފިހާރަ ފަދަ ގިނަ ތަންތަނުން ލިބޭ ހާއްސަ ޑީލްތަކުން ވެސް ފައިދާ ލިބި، ކަސްޓަމަރުންނަށް ހާއްސަ އަގުތަކެއް ލިބިގެންދާނެކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.
ޕްރިއޯރިޓީ ޕާސް އެކްޓިވޭޓް ކުރުމަށް ސޯޝަލް މީޑިއާ ނުވަތަ ލައިވް ޗެޓް މެދުވެރިކޮށް އުރީދޫ ކަސްޓަމާ ސާވިސް އަށް މެސެޖުކުރުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.
ގޯލްޑް އަދި ޕްލެޓިނަމް ކްލަބް ޕްރިމިއާ މެންބަރުންނަށް ޕްރިއޯރިޓީ ޕާސް ލިބުމަކީ ކަސްޓަމަރުންނަށް ލިބެމުންދާ ބެނެފިޓްސް އާއީ ފައިދާތައް އިތުރަށް ފުރިހަމަވެގެންދާނެކަމެއް ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ. މީގެ އިތުރުން އުރީދޫ އިން ބުނީ އެ ކުންފުނިން މަސައްކަތް ކުރަމުންދަނީ ރައްޔިތުން ގުޅުވައިދިނުމުގެ އިތުރަށް، ދިރިއުޅުމުގެ އެކި ކަންކަމުގައި ފުރިހަމަ އެކްސްޕީރިއަންސް ފޯރުކޮށްދީ، ކަސްޓަމަރުންގެ އަގު ވަޒަންކުރުމަށް ކަމަށެވެ.