އެސްޓީއޯއިން އެލްޖީ ބްރޭންޑުގެ ޓީވީތައް ތައާރަފްކޮށް ވިއްކަން ފަށައިފިއެވެ.
މި ބްރޭންޑް އެސްޓޯއޯއިން ތަޢާރަފްކޮށްފައިވަނީ މިއަދު އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެސްޓީއޯއިން މި ބްރޭންޑް ތައާރަފްކުރުމާއި އެކު 'އެލްޖީޓީވީ އިންޓްރޮޑިއުސިންގް އޮފާ' ގެ ދަށުން ވަރަށް ހާއްސަ އަގުތަކެއްގައި ކަސްޓަމަރުންނަށް އެލްޖީ ޓީވީ ބައްލަވައިގަތުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެގޮތުން، މި އޮފާ ގެ ދަށުން ވިއްކާ އެލްޖީ ޓީވީ ތަކުން 10 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ.
އެސްޓީއޯއިން ބުނި ގޮތުގައި މި އޮފާގެ ދަށުން ޓީވީ ބައްލަވައިގަތުމުގެ އެންމެ ފަހު ތާރީހަކީ 9 އޮކްޓޯބަރު 2025 އެވެ.
އެލްޖީ ބްރޭންޑުގެ ޓީވީ ތަކަކީ އާއްމުންގެ މެދުގައި މަޝްހޫރު އިތުބާރު ލިބިފައިވާ ބްރޭންޑެއްގެ ޓީވީތަކަކަށްވާއިރު މި ބްރޭންޑުގެ ޓީވީ ފަސޭހައިން ރާއްޖޭގެ ބާޒާރުގައި ލިބޭގޮތް ފަހިކޮށްދިނުމަކީ އެސްޓީއޯގެ މަގްސަދެވެ.