އައްޑޫ ސިޓީ ހިތަދޫގައި ހިންގި މާރާމާރީއެއްގައި 34 އަހަރުގެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އައްޑޫ ސިޓީ، ހިތަދޫގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީއެއް ހިންގާފައިވާ މައްސަލައެއް ރޭ ދަންވަރު 1:17 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މާރާމާރީގައި އަނިޔާވެފައި ވަނީ 34 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އަދި އޭނާގެ ހަށިގަނޑުގެ 2 ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އޭނާއަށް އައްޑޫ އިކުއިޓޯއިރަލް ހޮސްޕިޓަލް ފަރުވާދެމުންދާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގުކުރަމުންދާ ކަަމަށެވެ.