އެސްޓިއޯއިން ވިއްކާ ހިޓާޗީ ބްރޭންޑަށް ހާއްސަކޮށް "އެންމް ފިނި ހިޓާޗީ ޑީލް" ގެ ނަމުގައި ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަންގައި އެސްޓީއޯއިން ވިއްކާ ހިޓާޗީ އެސީ ތަކުން 1000ރ އަށް ވުރެ މަތިން ވިޔަފާރި ކުރައްވާ ކޮންމެ ފަރާތަކަށް ކޫޕަނެއް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
އެ ކޫޕަން ބޭނުން ކޮށްގެން ވަރަށް ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރި ވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެއެވެ. އަދި ލަކީ ޑްރޯއިން ހޮވޭ ނަސީބުވެރި ފަރާތަށް ޝީޝާ ހޮންޑާ ސްޕޯޓްސް އެޑިޝަންގެ އެއަރ ބްލޭޑް 125 އެއް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ އެސްޓީއޯ ޕީޕަލްސް ޗްއިސްގައެވެ. އަދި މި ޕްރޮމޯޝަން ކުރިއަށްދާނީ އިއްޔެއިން ފެށިގެން 11 އޮކްޓޯބަރ 2025ގެ ނިޔަލަށެވެ.
އެސްޓީއޯއިން ދަނީ ދޭތެރެ ދޭތެރެއިން އަގުހުރި އިނާމުތަކާއެކު ތަފާތު އެކި ޕްރޮމޯޝަންތައް ހިންގަމުންނެވެ.