ބ. އޭދަފުށީގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ)ގެ ކެމްޕަސްއެއް އިމާރާތް ކުރުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއު ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައުދީ އެވެ. އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީގެ ފަރާތުން ސޮއިކުރެއްވ،ީ ވައިސް ޗާންސެލާ ޑރ. އައިޝަތު ޝެހެނާޒް އާދަމްއެވެ.

މި މަޝްރޫއުގެ ދަށުން، 6000 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާ ހިމެނޭގޮތަށް، ދަރިވަރުން ތިބޭނެ އެކޮމޮޑޭޝަން ބްލޮކެއް ހެދުމާއ،ި 3200 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާ ހިމެނޭ، މުވައްޒަފުން ތިބޭނެ އެކޮމޮޑޭޝަން ބްލޮކެއް ހެދުން ހިމެނެއެވެ.

އަދި ހަމަ އެހެންމެ 3000 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ އެޑްމިނިސްޓްރޭޓިވް ބްލޮކެއް ހެދުމާއ،ި 4000 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ ކްލާސްރޫމް ބްލޮކެއް ހެދުމާއި، 4000 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ އެކަޑަމިކް ފެސިލިޓީޒް ބްލޮކެއް ހެދުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

އޭދަފުށީގައި ކެމްޕަސް އިމާރާތް ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މި މަޝްރޫއަކީ 80.79 މިލިއަން ރުފިޔާއަށް 720 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

35000 މީހުންގެ އާބާދީއެއް އޮންނަ އޭދަފުއްޓަކީ އަތޮޅު ގެ ވެރިކަން ކުރާ ރަށް ވެސް މެއެވެ. އެހެންކަމުން އެމްއެންޔޫގެ ކެމްޕަސްއެއް އެ ރަށުގައި ގާއިމު ކުރެވިގެން ދިއުމަކީ ތައުލީމީ ދާއިރާއިން އެ ރަށަށް، އަދި ބ. އަތޮޅަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެކެވެ.