މިއަދު ފާހަގަކުރަމުންދާ އުރީދޫގެ އަހަރީ ދުވަހާއި ގުޅިގެން ކަސްޓާމަރުންނަށް ހާއްސަ އޮފާތަކެއް ތައާރަފްކޮށްފިއެވެ.
އުރީދޫއަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ކުންފުނިން ވަނީ ތަފާތު 4 އޮފާއެއް ފަށާފައެވެ.
އެއީ:
ލިވް އަންލިމިޓެޑް ކެމްޕެއިން:
މި ކެމްޕެއިންގެ ދަށުން އުރީދޫގެ ކޮންމެ ހިދުމަތަކަށް 250 ރުފިޔާ ނުވަތަ އެއަށްވުރެ ބޮޑު ހޭދައެއް ކުރާ ކަސްޓަމަރުންގެ މެދުގައި ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭ ލަކީޑްރޯއެއް ނެގުމަށް އުރީދޫއިން ވަނީ ނިންމާފައެވެ. އަދި ނަސީބުވެރި 19 ފަރާތަކަށް އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާއިރު، 20 ވަނަ އަދި އެންމެ ފަހު ނަސީބުވެރިޔާއަށް ގްރޭންޑް ޕްރައިޒްގެ ގޮތުގައި 2 މީހަކަށް ހައްޖު ދަތުރެއް ދިނުމަށް އުރީދޫއިން ވަނީ ނިންމާފައެވެ.
20 ޕަސެންޓް ބޯނަސް ޑޭޓާ:
މިއީ މިއަދުން ފެށިގެން މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކަސްޓަމަރުންނަށް ވަކި ޑޭޓާ ޕެކްތަކުން 20 ޕަސެންޓާ ހަމައަށް ބޯނަސް ލިބޭނެ އޮފާއެކެވެ. މި ބޯނަސް ޑޭޓާ 4 ހަފުތާއަށް ބޭނުންކުރެވޭނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.
ސްޕިން ދަ ވީލް އެންޑް ވިން:
އުރީދޫއިން ބުނީ މި މަހުގެ ފުރަތަމަ 3 ދުވަހު ކަސްޓަމަރުންނަށް މައި އުރީދޫ އެޕްގައި ވާ "ސްޕިން ދަ ވީލް" ފީޗާގައި ނަސީބު ޓްރައިކޮށް ސަޅި އޮފާތައް އަންލޮކް ކުރެވޭނެ ކަމަށެވެ.
އެމް-ފައިސާ އޮފާ:
މި އޮފާއާއެކު މި މަހުގެ ތެރޭގައި އެމްފައިސާ މެދުވެރިކޮށް ފުޑީސް އޯޑާތަކަށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ފުޑީސްއިން ދެން ކުރާ އޯޑަރުން 5 ޕަސެންޓުގެ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.