ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނުގެ ޑިމޮކްރެޓްސް ޕާޓީގެ މެންބަރުން އަލުން އެމްޑީޕީއާ ގުޅެން ނިންމި ނިންމުމަށް އެމްޑީޕީން މަރުހަބާ ކިޔައިފިއެވެ.
މޮކްރެޓްސް ޕާޓީގެ މެންބަރުން، އެމްޑީޕީއާ ގުޅުމަށް އެއްވެސް އިއުތިރާޒެއް ނެތްކަމަށް އެމްޑީޕީން ނިންމީ، މިރޭ އެ ޕާޓީން ބޭއްވި ނުރަސްމީ ގައުމީ މަޖިލިސް ޖަލްސާއެއްގައެވެ.
އެމްޑީޕީން ބުނީ އެ ޕާޓީއަކީ ގައުމަށްޓަކައްޓަކައި މަސައްކަތްކުރަން ބޭނުންވާ ކޮންމެ ބަޔަކަށްވެސް ހުޅުވާލެވިފައިވާ ޕާޓީއެއްކަމަށެވެ. އަދި ނަޝީދުއާއި އެކު އެމްޑީޕީއާއި ގުޅޭ މެންބަރުންނާއެކު އެ ޕާޓީގެ މަސައްކަތް ބާރަށް ކުރިއަށްދާނެ ކަމަށެވެ. ސަރުކާރުގެ އަމަލުތައް ފާލުން ނެއްޓި އެތައް ބައެއްގެ މަސައްކަތުން ހޯދި ޑިމޮކްރަސީ ނުރައްކަލެއްގެ ތެރޭގައި އޮތް މި ދަނޑިވަޅަކީ މުހިންމު އިސްލާހީ މަސައްކަތްތަކެއް ކުރަންޖެހޭ ދަނޑިވަޅެއްކަމަށް އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން އެމްޑީޕީ އާއި ގުޅޭ ކޮންމެ މެންބަރަކީ ގައުމުގެ ހައްގުގައި ވަކާލާތު ކުރަން ފަސްނުޖެހޭނެ މެންބަރެއްކަމަށެވެ. ސަރުކާރު ޖަވާބުދާރީކުރުވާ ގާނޫނުން ޔަގީންކޮށްދޭ ހައްގުތައް ކަށަވަރުކޮށްދިނުމަށް އަބަދުވެސް އެ ޕާޓިން ދެމި އޮންނާނެކަމުގެ ޔަގީންކަނަށް އެ ޕާޓީން ވަނީ ދީފައެވެ.
ޑިމޮކްރެޓްސްގެ މެންބަރުން އަލުން އަނބުރާ އެމްޑީޕީއާ ގުޅުމާ ގުޅޭގޮތުން އެމްޑީޕީ ޕީޖީގެ ފަރާތުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، އެ ޕާޓީގެ އުސޫލުތަކާ ހިލާފުނުވެ، ޕާޓީއަށް އެއްވެސް ގެއްލުމެއް ދީފައިނުވާނަމަ ކޮންމެ މީހަކަށް ވެސް އެ ޕާޓީއާ ގުޅެވޭނެ ކަމަށެވެ.