އެކުވެރި އަރަބި އިމާރާތަށް ނިސްބަތްވާ، އެއާ އަރަބިއާއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފިއެވެ.
އެއާ އަރަބިއާގެ ދަތުރުތައް ރާއްޖެ ކުރަން ފަށާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ގައެވެ. އެއާބަސް ކުންފުނީގެ އޭ-320 މަރުކާގެ ބޯޓުތަކުން މިހާރު ދުވާލަކު އެއް ދަތުރު ކުރެއެވެ. މި ދަތުރުތަކުގެ އަގު ފެށެނީ އެއްކޮޅު 200 އެއްހާ ޑޮލަރުންނެވެ.
އެ އެއާލައިނުން ކުރި އިއުލާނެއްގައި ބުނީ، 27 އޮކްޓޯބަރުން ފެށިގެން ދުވާލަކު ދެ ދަތުރު ކުރަން ފަށާނެ ކަމަށެވެ.
މި ބަދަލާއެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ހާއްސަކޮށް މެދު އިރުމަތީގެ ގައުމުތަކުން އަންނަ ފަތުރުވެރިންނަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ. އަދި މިކަމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށްވެސް އެ މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ އެންމެފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ހިނގާ ޖޫން މަހު ވަނީ ރާއްޖެއަށް 1 މިލިއަން ފަތުރު ވެރިން ޒިޔާރަތްކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު 2.3 މިލިއަން ފަތުރުވެރިން ހަމަކުރުން ކަމަށްވާއިރު މިހާރު ރައްޖެއާއި ޔޫއޭއީއާއި ދެމެދު އެންމެ އަގުހެޔޮކޮށް ދަތުރުތައް ކުރަނީ ފްލައި ދުބާއީ އާއި ވިޒް އެއާއިންނެވެ.